މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކްސްޕޯޓް ޕޯސްޓެއް ޤާއިމުކުރުން

ވައިގެމަގުން ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ކަސްޓަމްސްއިން ފޯރުވައިދޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި އެކްސްޕޯޓް ޕޯސްޓެއް ޤާއިމުކޮށް، އެކްސްޕޯޓް ކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް އެތަނުން ކުރެވޭނެ އިންތިޒާމު ވާނީ ހަމަޖައްސާފައެވެ.

އަދި 2014 ފެބުރުވަރީ 23 ވަނަ ދުވަހުން ފެށިގެން މި ޕޯސްޓުގެ ޚިދުމަތް ރަސްމީކޮށް ފެށޭނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1435

19 ފެބުރުވަރީ 2014
ހޯދާ