ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް ކޮންސަލްޓެންޓް (ދިވެހި) އެއް ހޯދުމާ ގުޅޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 2011 ވަނަ އަހަރު ޢާއްމުކޮށްފައިވާ ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ޤަވާޢިދު، ރިވިއުކޮށް ހިއުމަން ރިސޯސް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިސްލާޙްތައް ގެނެސް މުވައްޒަފުންގެ ޤަވާޢިދު އަލުން އެކުލަވާލުމަށާއި، ޝަރުޢީ ދާއިރާގެ ޓެކްނިކަލް މަޤާމުތަކާއި، އިދާރީ މަޤާމްތަކުގެ އޮނިގަނޑު މުރާޖަޢާކޮށް އެކުލަވާލާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިއްޔަތުތަކާއި، ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ޑިޕާޓްމަންޓަށް އެންމެ އެކަށީގެންވާ އިދާރީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި، ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެގެން ކުރެވުނު މިޑިޕާޓްމަންޓުގެ ނަންބަރު 198F/2019/78 ޢިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ.

މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ސެޝަން އޮންނާނީ 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައެވެ.

އަދި މަސައްކަތުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 10:00ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޛުލްޤައިދާ 1440

22 ޖުލައި 2019
ހޯދާ