ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންގެ ފަރާތުން އަޟްހާ ޢީދު ފާހަގަކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

 a

                        &

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                        ނަންބަރ: (IUL)370-ESMS SC/370/2019/23

 

އިއުލާން

 

ކައުންސިލުންގެ ފަރާތުން އަޟްހާ ޢީދު ފާހަގަކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

 

                 1440 ވަނަ އަހަރުގެ އަޟުހާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ފީއަލީ ކައުންސިލްގެ 03 ވަނަ ދައުރުގެ 46 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި ކައުންސިލްގެ ފަރާތުން އަޟްހާ އީދު ފާހަގަކުރުމަށް ބާއްވާ ކުޅިވަރުތައް ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދަކީ ޓީ-ޖެޓީ ސަރަހައްދުން ފެށިގެން ފައިބަރ ކުރުމަށް ދޫކޮށްފައިވާ ހަރުގެވަޅުތަކާއި ހަމައަށެވެ. ނަމަވެސް ކައުންސިލްގެ ނިންމުމާއި ހިލާފަށް އީދު ކުޅިވަރު ކުޅުމަށް ޓީޖެޓީ ސަރަހައްދަށް ބަޔަކު ތަކެތި ޖަމާކޮށް އަދި އެ ސަރަހައްދު ބޭނުންކުރަމުން ގެންދާތީ، ކައުންސިލްގެ ނިންމުމާއި ހިލާފަށް މި ސަރަހައްދު ބޭނުން ނުކުރުމަށް ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި، އަދި އާޢްމު އެންމެހާ ފަރާތްތަކަށް އަންގަމެވެ.  

     ވީމާ މި ދެންނެވި ސަރަހައްދު ބޭނުންކުރަމުންދާ ފަރާތްތަކުން މި ސަރަހައްދުގައި އީދު ކުޅިވަރު ކުޅުމަށް ބަހައްޓާފައިވާ ތަކެތި 2019 ޖުލައި 24ވަނަ ދުވަހުގެ 14:30ގެ ކުރިން ނެގުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ތާރީޙްގައި މިސަރަޙައްދުގައި ހުރި ތަކެތި ނުނަގައިފިނަމަ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް ނައްތާލެވޭނެކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

 

1440 K 18

21 ޖުލައި 2019

                                               

                                                   މުޙައްމަދު ޖަލީލް

                                                        ފީއަލީ ކައުންސިލްގެ ރައީސް

21 ޖުލައި 2019
ހޯދާ