މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ އެމަޖެންސީ މެޑިކަލް ސަރވިސަސް އަށް ބޭނުންވާ އައިސީޓީ އާލާތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ އެމަޖެންސީ މެޑިކަލް ސަރވިސަސް އަށް ބޭނުންވާ އައިސީޓީ އާލާތްތައް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު:  IUL)23-AP/23/2019/199)( ޖުލައި 04 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 24 ޖުލައި 2019 ވާ ބުދަަ ދުވަހު ހެނދުނު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޖުލައި 2019 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

18 ޖުލައި 2019

18 ޖުލައި 2019
ހޯދާ