މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

 

މަޤާމް:                       އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:                J-310225

ބޭނުންވާ ޢަދަދު:                01 (އެކެއް)

މަޤާމުގެ ގިންތި:                 ދާއިމީ  

މަޤާމުގެރޭންކް:                  MS3   

މަޤާމުގެކްލެސިފިކޭޝަން:            ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/އިދާރާ:  އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:                      7035.00ރުފިޔާ

ސަރވިސް އެލަވަންސް:             2000.00ރުފިޔާ

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލެވަންސް: މުސާރައިގެ %28 (އިކޮނޮމިކްސްގެ ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ނުވަތަ އާބަން ސްޓަޑީސް ދާއިރާގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ)

 

ސަޕޯޓިންގ ކޯއެލަވަންސް: 900.00 ރުފިޔާ 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:  

  1. ކައުންސިލްގެ ޒިންމާދާރުވެރިޔާ  އަންގާ ގޮތެއްގެ މަތީން އަދި އެފަރާތުގެ ލަފަޔާ މަޝްވަރާއާއެކު، ކައުންސިލްއިދާރާގެ އިދާރީ އޮނިގަނޑުގައި ހިމެނޭ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް، އިސްވެރިއެއްގެ ގޮތުން ހިންގާ ބެލެހެއްޓުން.

  2. ކައުންސިލްގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުން.

  3. ރަށުތަރައްޤީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭނަށް ބަދަލުގެނައުމާއި، އަންނަ ބަދަލުތަކާއެއްގޮތަށް އެކަން ބެލެހެއްޓުން.

  4. ރަށުތަރައްޤީ ޕްލޭނުގައިވާ ކަންކަން ޙާސިލްވަމުންދާމިންވަރު ބަލާ ޢާންމުކުރުން.

  5. ކައުންސިލުން އެކުލަވާލަން ޖެހޭ ޕްރޮޖެކްޓް ޕްރަޕޯސަލްތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

  6. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރކުރުން.

  7. ރަށުގެ ކުނިމޭޖްކުރުމާއި ރަށުގެ މަގުތަކާއި ޢާންމުތަންތަން ސާފުތާހިރުކުރުމާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކުރުމާ ގުޅޭ މަސައްކަތްތައް ކުރުމާއި ބެހެލެހެއްޓުން.

  8. ރަށުގެ މުނިސިޕަލް އެންމެހައި ޚިދުމަތްތައް މެދުނުކެނޑި ދެވޭނެގޮތަށް ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.

  9. ރަށުން ދޫކުރާ ބިންތައް ދޫކުރުމާގުޅޭ މަސައްކަތްތައް ކުރުމާއި، ބިމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

  10. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި ތަކެތި މަރާމާތުކުރުމާއި ބެލެހެއްޓުން.

  11. މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާގުޅިގެން ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތާ ޙަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

 

މަޤާމުގެ ޝަރުތުތައް

 

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ  އިކޮނޮމިކްސްގެ ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ނުވަތަ އާބަން ސްޓަޑީސް ދާއިރާގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއިކު މަޤާމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ  އިކޮނޮމިކްސްގެ ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ނުވަތަ އާބަން ސްޓަޑީސް ދާއިރާގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1 ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މިކައުންސިލްގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކަކުން ދޫކޮއްފައިވާ   ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި   ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮއްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ،  

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ،                       

7. ސިވިލް ސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ        

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :                                                        

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.                                                                                  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.                                                                                                                           

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ތައުލީމީފެންވަރު، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާތަކެތި ހުށައަޅާނީ 31 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގެކުރިން އަލިފުށީކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް [email protected]  ށް ފޮނުވުމުންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ސެޕްޓެމްބަރ 27އާއި 30އާއި ދެމެދު ، އަލިފުށީ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠުފުރިހަމަވާ ހުރިހާފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.

 

        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ފޯނު ނަންބަރު 6580021 އަށެވެ.

15 ޛުލްޤަޢިދާ 1440

18  ޖުލައި  2019

18 ޖުލައި 2019
ހޯދާ