ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

 

މަޤާމް:            ޕްރިންޓަރ

މަޤާމުގެ ނަންބަރު:     J-249302

ބޭނުންވާ އަދަދު:      01 (އެކެއް)

މަޤާމުގެ ގިންތި:       ދާއިމީ

ރޭންކް:           އެސް.އެސް. 3 

މަޤާމުގެ ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް 3 

ވަޒީފާ އަދާކުރަންޖެހޭ ތަން:  ރ. ދުވާފަރު ޕްރައިމަރީ ސްކޫލް

މުސާރަ :          -/3875ރުފިޔާ  ( ތިންހާސް އައްސަތޭކަ ހަތްދިހަ ފަސްރުފިޔާ )

ސަރވިސް އެލަވަންސް:   -/1000ރުފިޔާ  ( އެއްހާސް ރުފިޔާ )

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:  -/1200ރުފިޔާ   ( ބާރަސަތޭކަ ރުފިޔާ )

އިތުރު އިނާޔަތްތައް:     1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ނިކުތުމަށް ހަމަޖައްސަވާފައިވާ ސެޝަނަށް ޙާޟިރުވެ ސޮއި ކުރުންމަށްފަހު ޕްރިންޓިންގ އާ ގުޅުންހުރި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްކުރުން.

2. ޙާޟިރީ ރިޕޯރޓްތަކާއި ޓީޗަރުންނަށް ބޭނުންވާ ވޯރކްޝީޓްތައް ޕްރިންޓްކުރުން.

3. ސްކޫލް ބަންދު ދުވަހެއްގައި ޕްރިންޓިންގެ މަސައްކަތާ ގުޅުހުރި މަސައްކަތެއް ކުރަންޖެހިއްޖެ ހިނދެއްގައި އެމަސައްކަތެއް ކުރުން.

4. ޕްރިންޓިން އާއިބެހޭ ހުރިހާ މެޝިނަރީޒެއް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

5. ޕްރިންޓިންއާއިބެހޭ ސާމާނުތަކުގެ ސްޓޮކް، ސްކޫލުން އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.

6. ޓީޗަރުން ކިޔަވައި ދިނުމަށް ތައްޔާރުކުރާ ޓީޗިންގ އެއިޑްސް ހެދުމާއި އެހީތެރިވެދިނުން.

7. ގްރޭޑް ކޯޑިނޭޓަރުންގެ އެސެސްމެންޓް ފޯލްޑަރތައް ޤަވާޢިދުން ޗެކު ކުރުން

8. ސްކޫލްގެ އިސްވެރިން އަދި އިދާރީ ގޮތުން ކަންކަންކުރެއްވުމަށް ހަވާލުކުރައްވާފައިވާ ފަރާތްތަކުން އަންގާ ގޮތެއްގެ މަތިން އެ އެންގެވި މަސައްކަތެއް ކުރުން އަދި ސްކޫލް މަސައްކަތު މާހައުލުގައި ސްކޫލުން އެދޭ ކޮންމެ މަސައްކަތެއްގައި ސްކޫލަށް އެހީތެރިވުމާއި އެއްބާރުލުންދިނުން.

މަޤާމުގެ ޝަރުތުތައް:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮއްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. ގްރޭޑް 7 ނިންމާފައިވުން.

ނޯޓް:  ގްރޭޑް 7 ނިންމާފައިވާކަން ކަށަވަ ރުކުރާނީ، ލީވިންގ ސެޓްފިކެޓު ނުވަތަ ގްރޭޑް 7 ނިންމިކަން އަ ންގައިދިނުމުގެގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯރމް ސިވިލް ސަރިވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލުން ލިބެން ހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-   ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިއުން.

5-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކިލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-  ވަޒީފާގެ މަސއްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-  މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

-   ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

-   މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

-   މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  25 ޖުލައި 2019 ވާ  ބުރާސްފަތި ދުވަހުގެ މެންދުރު  13:00 ގެ ކުރިން،  ދުވާފަރު ޕްރައިމަރީސްކޫލުގެ ކައުންޓަރަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި ވަޒީފާއަށް މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ޖުލައި 26 ން ޖުލައި 29 އާއި ދެމެދު ގެ ތާރީޚެއްގައި ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:   މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6582703 ނަންބަރު ފޯނާއެވެ.

14 ޒުލްޤަޢިދާ 1440

17 ޖުލައި 2019

 

17 ޖުލައި 2019
ހޯދާ