ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

  އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަގާމުގެ ނަން

J-117974

މަޤާމުގެ ނަންބަރު:

1 އެކެއް

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

  ޖީ އެސް 3

މަޤާމުގެ ރޭންކް:

  އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ރަތަފަންދޫ ސްކޫލް/ގދ ރަތަފަންދޫ

މަޤާމް އޮތް އޮފީސް:

ރަތަފަންދޫ ސްކޫލް/ގދ ރަތަފަންދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިން

ސެކްޝަން:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސަރވިސް އެލެވަންސް:

700.00 ރުފިޔާ

ސަޕޯޓންގ ކޯ އެލަވެންސް 1:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް:

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. މުވައްޒަފުނާ ގުޅުން ހުރި އެކި ރަޖިސްޓްރީތައް ބެލެހެއްޓުން.
  3. ސްކޫލުން ވަޒީފާ ދެއްވާ، ވަކިވާ، ޓްރާސްފަރވާ ނުތަވަ މަޤާމް އަދި ރޭންކަށް ބަދަލު އަންނަ މުވައްޒަފުންގެ މަޢުލޫމާތު ސްކޫލް މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީ (މާސްޓަރ ރަޖިސްޓްރީ)އަށް  އަޕްޑޭޓް ކުރުން.
  4. ސްކޫލުން ވަޒީފާ ދެއްވާ ނުވަތަ ސްކޫލަށް ޓްރާސްފަރވާ މުވައްޒަފުންގެ މަޢުލޫމާތު ވަގުތީ ރަޖިސްޓްރީ އަށް އިތުރުކޮށް، ވަކިވާ ނުވަތަ ސްކޫލުން ޓްރާސްފަރވާ މުވައްޒަފުންގެ މަޢުލޫމާތު އުނިކޮށް، މުވައްޒަފުންގެ މަޤާމަށާއި ރޭންކަށް އަންނަ ބަދަލުތައް އަޕްޑޭޓް ކުރުން.
  5. ސްކޫލުގެ މަޤާމުތަކަށް އަންނަ އުނިއިތުރުތައް ސްކޫލް މަޤާމްތަކުގެ ރަޖިސްޓަރީ އަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. މަޤާމަށް އަންނަ އުނިއިތުރާއި ވަޒީފާދެއްވާ އަދި ވަޒީފާއިން ވަކިކުރާ، މުވައްޒިފުންގެ ސްޓޭޓަސް އެސް.އޭ.ޕީ ސިސްޓަމަށް އަޕްލޯޑްކުރުން.
  7. ސްކޫލްގެ ގޫގަލް ޑްރައިވްގެ ސްޓާފް އިންފޯ ޝީޓް ދުވަހުން ދުވަހަށް އަފްޑޭޓް ކުރުން.
  8. ހަވާލުކުރެވިފައިވާ މުވައްޒަފުންނާ ގުޅޭ ހުރިހާ ޑޮކިއުމަންޓް (ތަޢުލީމީ ސެޓްފިކެޓް، އައިޑީ ކާޑު ކޮޕީ، އީއޭ އޮރިޖިނަލް، ވޯކްޕަރމިޓް ކޮޕީ، ވަޒީފާ ބަޔާން، ވަޒީފާދެއްވިކަމުގެ ލިޔުން/ޗިޓް، އަދި މިނޫންވެސް އެމުވައްޒަފަކާ ގުޅުންހުރި ލިޔުންތައް) މުވައްޒަފުގެ ޕަރސަނަލް ފައިލްގައި ފައިލްކުރުމާއި ސްކޭންކޮށް ސަރވަރގައި ސޮފްޓް ރައްކާކޮށް ބެލެހެއްޓުން.
  9. އެކަޑަމިކް އަދި އިދާރީ މުވައްޒިފުންގެ ވަޒީފާއާބެހޭ އެންމެހާ މަސައްކަތްތައްކުރުން.
  10. ސްކޫލުގެ މަޤާމެއް ހުސްވެއްޖެ ހިދެއްގައި މިމަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހުއްދަހޯދުން.
  11. މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހުއްދަ ލިބުމުން ވެރިއެއްގެ ލަފާގެ މަތިން މަޤާމް އިޢުލާން ކުރުން.
  12. މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ހުށައެޅުމުން ސިވިލްސަރވިސް ގަވާއިދުގައި ކަޑައެޅިފައިވާ ގޮތުގެމަތިން ޑޮކިއުމަންޓްސް ހުށައަޅާފައިވޭތޯ ބަލާ ޗެކްކޮށް ފޯމް ބަލާގަތުން
  13. ހުސްވެފައިވާ މަޤާމަށް މީހަކު ހޮވުމަށްޓާކައި އިންޓަވިއުއަށް ކިޔުން.
  14. ވެރިއެއްގެ ލަފާގެ މަތިން އިންޓަރވިއު ޕެނަލްގައި ހިމެނޭ ފަރާތްތަކަށް އިންޓަރވިއުގަޑި އިންފޯމް ކޮށް، އިންޓަރވިއު ފޯމް އަދި އިންޓަވިއު ބޭއްވޭ ތަން ތައްޔަރުކުން.
  15. އިންޓަރވިއުން ހޮވޭ ފަރާތަށް މަޤާމަށް ހޮވުނުކަމުގެ ލިޔުން ތައްޔާރުކޮށް ހަވާލުކުރުން.
  16. އިންޓަރވިއުން ނުހޮވޭފަރާތްތަކަށް މަޤާމަށް ނުހޮވޭ ކަމުގެ ލިޔުން ތައްޔާރުކޮށް ހަވާލުކުރުން.
  17. މަޤާމަށް ހުށައަޅާފައިވާ ފަރާތްތަކުގެ އިންޓަރވިއު ނިމުމުން އޭ1 ފޯމް އަދި އޭ2 ފޯމް ތައްޔާރުކޮށް ވެރިންގެ ލަފާގެމަތިން ޑޮކިއުމަންޓްސް ހަމަކޮށް ސިވިލްސަރވިސް ވިއުގައަށް އަޕްޑޭކޮށް އެޗްއާރު ހެޑް ނުވަތަ އޮފީސް ހެޑް އަށް ފޮނުވުމާއި ސެޕްސިސްޓަމަށް އަޕްލޯޑްކުރުން.
  18. ވަގުތީ މަޤާމުތަކަށް ހޯދޭ މުވައްޒަފުންނާއި، ބިދޭސީ މުވައްޒަފުންނަށް ހަދަންޖެހޭ ވަޒީފާގެ ކޮންޓްރެކްޓް ހެދުމާއި ހުރިހާ މުވައްޒަފުންގެ ވަޒީފާ އެއްބަސްވުންތަކާއި ދާއިމީ މުވައްޒިފުންގެ ވަޒީފާ ބަޔާންތައް ހަދާ މުވައްޒިފުންނާއި ހަވާލުކުރުން.
  19. ވަޒީފާއިން ވަކިވާ މުވައްޒަފުންނާ ވަކިކުރެވޭ މުވައްޒިފުންގެ ޑޮކިއުމަންޓްސް ހަމަކޮށް ސިވިލްސަރވިސް ވިއުގައަށް އަޕްޑޭކޮށް އެޗްއާރު ހެޑް ނުވަތަ އޮފީސް ހެޑް އަށް ވެރިއެއްގެ ލަފާގެ މަތިން ފޮނުވުން.
  20. ސިވިލްސަރވިސް ވިއުގައިން ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  21. ވަޒީފާ ދެއްވި ފަރާތްތަކާއި، ވަޒީފާއިން ވަކިކުރި ނުވަތަ ޓްރާންސްފަރ ކުރި ފަރާތްތަކަށް ޗިޓް ތައްޔާރުކުރުމާއިމުވައްޒިފުންނަށް އަންގަންޖެހޭ އެންގުންތައް، ބަޔާން ނެގުން ފަދަ ކަންކަން ކަމާބެހޭ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  22. ސްކޫލުން ވަޒީފާ ލިބިލައްވާ ފަރާތްތަކަށް އޮރިއެންޓޭޝަން ޕެކޭޖް ތައްޔާރުކޮށް ވަޒީފާއަށް ނުކުންނަ ދުވަހު މުވައްޒިފަށް އޮރިއެންޓަރޝަން ދިނުން.
  23. ސްކޫލުގެ މުވައްޒިފުންނަށް ބޭއްވޭ ޓްރެއިނިންގ ޕްރޮޤްރާމް ތަކުގެ މަޢުލޫމާތު އެމުވައްޒުފަކާއި ހަވާލުވެފައިވާ ސުޕަވައިޒަރެއްގެ ފަރާތުން ހޯދާ އެމަޢުލޫމާތު ރެޖިސްޓަރ ކުރުން.
  24. ހަވާލުވެފައިވާ މުވައްޒަފުން ވަޒީފާއަށް ހާޒިރުވާ ފުރަތަމަ ދުވަހު އެމުވައްޒިފަށް ސްޓާފް އައިޑީ ކާޑު ހަދާ ހަވާލުކޮށް ސްކޫލްގެ ވަޒީފާ ދޫކޮށްދާ މުވައްޒިފުންގެ ސްޓާފް އައިޑީކާޑު އަބުރާ ހޯދުން.
  25. ޓީޗަރުން ވަޒީފާއަށް ހާޒިރުވާ ފުރަތަމަ ދުވަހު ކޮންމެ ޓީ ޗަރަކަށް ސްޓާފް ލޮކަރު އަދި ސްޓާފް އައިޑީ ކާޑު ހަވާލުކޮށް ސްކޫލްގެ ވަޒީފާ ދޫކޮށްދާ މުވައްޒިފުންގެ ލޮކަރު ތަޅުދަނޑި އަދި ސްޓާފް އައިޑީކާޑު އަބުރާ ހޯދުން.
  26. ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ދާއިމީ ސްޓާފް ކާޑު ހަދާދީ ހަވާލުކުރަންވާނެއެވެ.
  27. މުވައްޒަފުންގެ ކޮންޓެކްޓް ލިސްޓް އަޕްޑޭޓްކޮށް ސަރވާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން ފޯލްޑާރ ގައި ބެހެއްޓުން؛
  28. މުވައްޒިފުންގެ އެކިއެކި އެސް އެމް އެސް ލިސްޓް ތައްޔާރުކޮށް ސަރވަރގެ އެސް.އެމް.އެސް ފޯލްޑަރ އަށް ލުމާއި މުވައްޒިފުންގެ ކޮންޓެކްޓް ލިސްޓަށް އަންނަ އުނިއިތުރު މުވައްޒަފުންގެ އެސް.އެމް،އެސް ލިސްޓަށް ބަދަލުގެނައުން.
  29. މުވައްޒަފުންގެ މަޢުލޫމާތާއި ސްޓޭޓާސް މެމިސް ޑޭޓާބޭސް އަށް އަދި ޤޫޤަލް ޑްރައިވްގެ ޝީޓްތަކަށް އަޕްޑޭޓް ކުރުން.
  30. ސްކޫލަށް ލިބޭ އަދި ސްކޫލުން ފޮނުވާ ސިޓީ ފަދަތަކެއްޗަށް ޖަވާބުދިނުމާއި މުވައްޒިފުންނަށް އަންގަންޖެހޭ އެންގުންތައް އަންގާ ސޮއިކުރުވުން:
  31. އެކިއެކި ފަރާތްތަކުން ސްކޫލަށް ފޮނުވާ ސިޓީ، ނޯޓް ފަދަތަކެއްޗަށް ޖަވާބު ފޮނުވުން.
  32. ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުން، ސިޓީ، ނޯޓް އަދި މެމޯ ފަދަތަކެތި ޑްރާފްކޮށް އެފަރާތްތަކަށް ފޮނުވުން.
  33. ސިޓީ ފޮނުވިފައިވާ ފަރާތްތަގެ ތެރެއިން ޖަވާބު ހޯދަންޖެހޭ ފަރާތްތަކުން ޖަވާބުހޯދާ ވެރިއަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.
  34. އަހަރުފެށުމުގެ ކުރިން އެމުވައްޒަފެއް ފައިލްކުރަން ބޭނުންކުރާ ފައިލްތައް އަދި ފޮތްތައް ހެދުން.
  35. މުވައްޒިފުންގެ ނޯޕޭލީވް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ފޮނުވާ، ހަމަޖެއްހުމުން އެސް.އޭ.ޕީ  އަޕްލޯޑްކޮށް ނޯޕޭލީވް ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަންކޮށް، މުވައްޒިފުންނަށް އެންގުން.
  36. ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް  ލިބިފައިވުން.

މަޤާމުގެ

 ޝަރުޠުތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ހިއުމަންރިސޯސް މެނޭޖްމެންޓް

މަގާމުގެ ތައުލީމީ ދާއިރާ

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.(

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

)ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

)ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

)ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ހުށަހަޅަންޖެހޭ

ލިޔުންތައް

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 25 ޖުލައި  2019ވާ ބުދަ ބުރާސްފަތި މެންދުރުފަހު 14:00ގެ ކުރިން، ރަތަފަންދޫ ސްކޫލަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތަކާއި ލިޔެކިޔުންތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.)

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 26 ޖުލައި 2019 އާއި 28 ޖުލައި 2019 އާއި ދެމެދުގެ ތާރީޚެއްގައި، ރަތަފަންދޫ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

%45

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983087ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

 

 

           

 

14 ޒުލްގައިދާ 1440

17 ޖުލައި 2019
ހޯދާ