މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިރޭ ހުއިފިލަނޑާ ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސާޒް  އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިންގެން ކުރިއަށްގެންދާ " މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ތަހުލީލު ބޭނުމަކަށް، ކ. މަނިޔަފުއްޓަށް، ތިރީގައި ތަފްސީލުދެވިފައިވައިގޮތުގެ މަތިން ދިރޭ ހުއިފިލަނޑާ ހޯދަން ބޭނުންވެއެވެ.

  1. 300 ދިރޭ ކަނޑުބަޓު ހުއިފިލަނޑާ (White teatfish, Holothuria fuscogilva).

 ދިރޭ އެވެރެޖް ސައިޒު 25-40 cm:  

  1. 300 ދިރޭ ފަޅުބަޓުހުއިފިލަނޑާ (Black teatfish, Holothuria nobilis).

ދިރޭ އެވެރެޖް ސައިޒު 15-35 cm:

ވީމާ މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ މައުލޫމާތު ހިމެނޭ ގޮތަށް އަންދާސީ ހިސާބު 25  ޖުލައި 2019 ވާ ( ބުރާސްފަތި) ދުވަހުގެ 12:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްއަށް (ވެލާނާގެ 7 ވަނަ ފަނގިފިލާ، އަމީރު އަހުމަދު މަގު) ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  • ދިރޭ ލަނޑާ  ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކުން މީހުން ދިރިއުޅޭ ރަށަކަށް ލަނޑާ ޖަމާކުރުމުން މިނިސްޓްރީގެ ފަރާތުން ލަނޑަޔާ ހަވާލުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

އަންދާސީ ހިސާބުގައި ހިމަނަނަޖެހޭ މައުލޫމާތު

1. ދިރޭ ހުއިފިލަނޑާ ހަވާލުކުރުމަށް ހުށަހަޅާ މީހުން ދިރިއުޅޭ ރަށް

2. (ހ) ދިރހޭ ކަނޑުބަޓު ހުއިފިލަނޑައެއް ވިއްކުމަށް ހުށަހަޅާ ރޭޓު

2.  300 ދިރޭ ކަނޑުބަޓު ހުއިފިލަނޑާގެ އަގު

3.  ދިރހޭ ފަޅު ބަޓު ހުއިފިލަނޑައެއް ވިއްކުމަށް ހުށަހަޅާ ރޭޓު

3.  300 ދިރޭ ފަޅުބަޓު ހުއިފިލަނޑާގެ އަގު

4. ދިރހޭ ކަނޑުބަޓު ހުއިފިލަނޑަޔާއި ދިރޭ ފަޅުބަޓު ހުއިފިލަނޑާގެ ޖުމްލަ އަގު

 

 

އަންދާސީ ހިސާބު އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް:

އަގަށް 40 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 40)

މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 30)

ތަޖުރިބާއަށް 30 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

17 ޖުލައި 2019
ހޯދާ