ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނައަހަރުގެ ބަޖެޓާއި މަސައްކަތުތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން

އިޢުލާނު   

 

2020 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން

 

ޤާނޫނު ނަމްބަރު: 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރިޔަށް އޮތް 2020 ވަނަ އަހަރު ކައުންސިލުން ހުށަހަޅާ، މިއިދާރާގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ބާއްވާ ބައްދަލުވުން 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.  މިބައްދަލުވުމުގައި ހުށަހެޅުމަށް މިކައުންސިލުން ތައްޔާރުކުރާ ކަރުދާހުގައި ހިމަނާލާފައިވާނީ:

  1. 01.  2019 ވަނަ އަހަރު ފުރަތަމަ 06 މަސްދުވަހު ކުރެވުނު މަސައްކަތްތަކާބެހޭ މަޢްލޫމާތު ޙިއްސާކުރުން.
  2. 02.  2019 ވަނަ އަހަރުގެ މަސައްކަތުތާވަލާ ގުޅޭގޮތުން މަޝްވަރާކޮށް ރައްޔިތުންނާ ޙިއްސާކުރުން.
  3. 03.  2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންތައްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުން.

2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ބާއްވާ ބައްދަލުވުމަށް ހުށަހަޅަން ރައްޔިތުން ބޭނުންވާ ޚިޔާލުތައް 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ޢާއްމުބައްދަލުވުން، 2019 ޖުލައި 24 ވަނަ ދުވަހުގެރޭ 20:30 ގައި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައި ބާއްވާ  ބައްދަލުވުމަށް މަގޫދޫ ރައްޔިތުން ވަޑައިގެންދެއްވުން އެދެމެވެ.

13 ޛުލްޤަޢިދާ 1440

16  ޖުލައި  2019

16 ޖުލައި 2019
ހޯދާ