އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް އެކުލަވާލުން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ކައުންސިލްގެ އިދާރާގައި "ބިދޭސިން ރަޖިސްޓްރީކުރާ ދަފްތަރެއް" އޮންނަންވާނެކަމުގައި، ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

            ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 2019 އޮގަސްޓް 20 ގެ ނިޔަލަށް ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ.

            ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ކޮންމެ ބިދޭސީ މުވައްޒަފެއްގެ އަތުގައި އަބަދުވެސް "ވާރކްޕާރމިޓް ކާޑު" އޮންނަންވާނެއެވެ. މަތީގައި ދެންނެވުނު މުއްދަތަށްފަހު، ކަމާބެހޭ ފަރާތްތަކުން ބިދޭސީންނާއި ސުވާލުކޮށް ޗެކްކުރަމުން ގެންދާނެއެވެ. މިގޮތަށް ޗެކްކުރާއިރު ބިދޭސީން ރަޖިސްޓްރީވެފައިވާ ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކާއި ވާރކްޕާރމިޓް ނެތް ފަރާތްތައް 5 ދުވަހުގެ މުއްދަތުގެ ތެރޭގައި މިރަށުން ފޮނުވާލެވޭނެއެވެ.

            އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއާއި، 41 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދީފައިވާ ބަރުގެ ދަށުން ކައުންސިލުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވާ ފަރާތްތަކަށް އަދަބެއްގެ ގޮތުން މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި -/500ރ  އާއި -/5000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމުގައި ދަންނަވަމެވެ.          

އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

13 ذُوالقَعِدَة 1440

16 ޖުލައި 2019

15 ޖުލައި 2019
ހޯދާ