ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގިނަދުވަސްވެފައިވާ އެކުސްކަވޭޓަރެއް ނެގުމާއި ގުޅޭ

  ` 

ނަމްބަރު: IUL-248-ESMSMS/248/2019/69 

އިޢުލާން 

     މިރަށު ބޮޑުތަކުރުފާނު މަގުގައި "ޒޭވަރު" ގޯއްޗަށް ބައެއްވާގޮތަށް އެގޯތި ކައިރީ އެކުސްކަވޭޓަރެއް އޮންނަތާ ގިނަދުވަސް ތަކެއް ވަނީ ވެފައެވެ. އެކުސްކަވޭޓަރ އެތަނުގައި އޮތުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވަމުން އެބަދެއެވެ.

ވީމާ، އެ އެކުސްކަވޭޓަރުގެ ވެރިފަރާތުން،  15 ޖުލައި 2019 އިން ފެށިގެން 25 ޖުލައި 2019 ދުވަހުގެ ނިޔަލަށް އެކުސްކަވޭޓަރ ނަގައިގެން ގެންދިއުމަށް އަންގަމެވެ. މިމުއްދަތުގެ ތެރޭގައި އެކުސްކަވޭޓަރ ނުގެންދަވައިފިނަމަ މިކައުންސިލުގެ ފަރާތުން އެ އެކްސްކަވޭޓަރ ނަގައި ވެރިޔަކު ނެތް ވެހިކަލެއް ކަމަށް ބަލައި ފިޔަވަޅު އަޅާނެކަން އެގީމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ޖުލައި 2019
ހޯދާ