އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ރިލީފް ދިވެހި ޓީޗަރ)

 

 

 

ރ. އަނގޮޅިތީމު ސްކޫލު

    ރ. އަނގޮޅިތީމު                                        ނަމްބަރ: 16GS-125/IUL/2019/                               

          ދިވެހިރާއްޖެ

އިޢުލާން

މިސްކޫލަށް މިދަންނަވާ މަޤާމަށް މުވައްޒިފަކު ބޭނުންވެއްޖެ

 

މަޤާމު: ރިލީފު ޓީޗަރ (ދިވެހި) (2019 ގެދިރާސީ އަހަރު ނިމެންދެން ) 

 

ބޭނުންވާ އަދަދު: 1 (އެކެއް)

    

ސާރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

ސަރުތު

މަޤާމު

 

1,500.00

 

4500.00

ސާނަވީ ތަޢުލީމު ފުރިހަމަކުރުން

ރިލީފް ޓީޗަރ

5500.00

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން

2500.00

6090.00

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ސަނަދެއް ހާސިލްކުރުން

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ގްރޭޑަށް ކިޔަވައިދޭ މުދައްރިސުންގެ ކޯޑިނޭޝަން މީޓިންގތަކުގައި ގަވާއިދުން ބައިވެރިވުން.

2- ފިލާވަޅު ރޭވުމާއި، ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް، ލެސަންޕްލޭން އެޕްރޫވްކުރައްވާ ބޭފުޅެއްގެ އެޕްރޫވަލް ހޯދުން (ލީޑިންގ ޓީޗަރ / ގްރޭޑް ކޯޑިނޭޓަރ)

3- ގްރޭޑްތަކަށް އެ އަހަރަކަށް ކަޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނައިދީ، ހާސިލުވާންޖެހޭ މިންވަރު ހާސިލުވެއްޖެކަން ކަށަވަރުކުރުން.

4- އެ ގްރޭޑެއް ބަލަހައްޓަން ހަވާލުވެހުންނަ ލީޑިންގ ޓީޗަރ އަންގާ ގޮތެއްގެ މަތިން، ކޯޑިނޭޓަރުގެ އެހީއާއެކު، ދިރާސީ އަހަރުގެ ސްކީމް ތައްޔާރުކުރުން.

5- ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމުގެގޮތުން ސްކޫލުން ކަނޑައަޅުއްވާ ގޮތްތަކެއްގެމަތިން އެކިއެކި އެސެސްމަންޓްތައް ހަދައި، މެދުކެނޑުމެއްނެތި ދަރިވަރުންގެ ކުރިއެރުން ބަލަމުން ގެންދިޔުން.

6- ކިޔަވައިދޭއިރު ދެނެގަތުމުގެ ހުނަރު (ފެންވަރު) ދަށްކުދިން ފާހަގަކޮށް، ގްރޭޑުގެ ލީޑިންގ ޓީޗަރާ މަޝްވަރާކޮށް، އިތުރު އެހީގެ ކްލާސްތައް ހިންގުން.

7- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

8- ކްލާސްޓީޗަރެއްނަމަ، ހާޒިރީއާއި ރެކޯޑް ފޮތް ތައްޔާރުކޮށް ބެލެހެއްޓުމާއި، މާކްސްޝީޓް ތައްޔާރުކޮށް، ރިޕޯޓްފޮތް ފުރިހަމަކުރުން.

9- ކޮންމެ ޕީރިއަޑެއްގައި ކިޔަވައިދޭ ފިލާވަޅުގެ ރެކޯޑް، ރެކޯޑްފޮތުގައި ބަރާބަރަށް ލިޔަމުން ގެންދިޔުން.

10- އެކިއެކި އިމްތިޙާންތަކުގެ ޕޭޕަރު ތައްޔާރުކޮށް، އިމްތިޙާން ހެދުމުން ކުދިންގެ ޕޭޕަރުތައް މާކުކޮށް، ނަތީޖާ ސާފުކޮށް، އެނަލައިސިސް ތައްޔާރުކުރުމާއި، ރިމީޑިއަލް / އެންރިޗްމެންޓް ކްލާސްތައް ނެގުން.

11- ދިމާވާ އަޚުލާޤީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް، މަދުވެގެން 3 ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތްކޮށް، ލީޑިންގ ޓީޗަރާ މަޝްވަރާކޮށްގެން ބޮޑެތި މައްސަލަތައް ޙައްލުކުރުން.

12- މުދައްރިސަކު ހާޒިރުނުވެއްނަމަ، އެ ދުވަސްދުވަހު ހަވާލުކުރެވޭ ރިލީފްގަޑިތައް ނެގުން.

13- ސްކޫލުގެ ކިޔެވުމާ ގުޅޭ މަސައްކަތްތައް ތަރައްޤީކުރުމަށް ހިންގޭ އެކިއެކި ހަރަކާތްތަކުގައި މެނޭޖްމަންޓަށް ފުރިހަމައަށް އެހީތެރިވެދީ އެއްބާރުލުން ދިނުން.

14- ދީނީ ކަންތައްތަކަށާއި، ޤައުމީ ކަންތައްތަކަށް ކުދިންނަށް ހޭލުންތެރިކަން ލިބޭނޭގޮތުގެމަތިން ކުދިން ތަރުބިއްޔަތު ކުރުވުން.

15- ދަރިވަރުންގެ މެދުގައި އިޖުތިމާޢީ އަދަބުތަކާއި، ޞިއްޙީ ރަނގަޅު އާދަތައް އަށަގެންނެވުމަށް މަސައްކަތްކުރުން.

16- ދަރިވަރުން ތަރުބިއްޔަތުކުރުމަށް މަސައްކަތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

17- ސްކޫލުން ރާއްވަވާފައިވާ ގޮތެއްގެމަތިން އިތުރު ހަރަކާތްތައް ހިންގުމަށް އެހީތެރިވެދީ، ވަކި ހަރަކާތެއް ހިންގުމާ ހަވާލުވެފައިވާ ފަރާތެއްނަމަ، އެ ހަރަކާތްތަކާ ގުޅޭ ލީޑިންގ ޓީޗަރުގެ ލަފަޔާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުން.

18- ބެލެނިވެރިންނާ ދޭތެރޭ ރަނގަޅު ގުޅުމެއް ޤާއިމްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް.(މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)

3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން)

5- މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ.

6- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 23 ޖުލައި  2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރ. އަނގޮޅިތީމް ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް، އީމެއިލް [email protected]  މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ވަޒީފާއަށް އެދޭ ފޯމް މިސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ސިވިލް ސަރވިސް ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 2 ދުވަހާއި 10 ދުވަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނެ، ތާރީޚާއި ތަނާއި ވަގުތު ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކަށް މިސްކޫލުން ލިޔުމުން އަންގާނެއެވެ.

 

14 ޖުލައި 2019

 

 

                                                           

 

                                                         

 

14 ޖުލައި 2019
ހޯދާ