ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލް ސަރަހައްދުގައި އޮންނަ ދިގުވާނޑު ވިން ގޯއްޗާއި އެމްބާގޯތީގެ ދެމެދުން ހެދުމަށް ހަމަޖެހިފައިވާ  20 ފޫޓްމަގުގައި ހުރި ރުއްގަހުގެ ތެރެއިން 01 ން 05 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްތަކުގެ މިލްކުވެރިކަމާއިމެދު ޝަކުވާ ކުރާ ފަރާތެއް ވާނަމަ 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކާއެކު ރުއްތަކުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއާއިއެކު މިއިދާރާ (ކުރީގެ ރަށު އޮފީސް އިމާރާތް) އަށް ހުށައެޅުއްވުން އެދެމެވެ.

14 ޖުލައި 2019
ހޯދާ