މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ސްކޫލުގެ 6ކުލާސްރޫމްގެ 2ބުރި އިމާރާތުގެ ފާހާނާތަކުގެ ބޭރުގައި ޖަހާފައިހުރި ތަށިމުށިތައް ނައްޓާ އަމިއްލަތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުން

  • ދ.މާއެނބޫދޫ ސްކޫލުގެ 6ކުލާސްރޫމްގެ 2ބުރި އިމާރާތުގެ ފާހާނާތަކުގެ ބޭރުގައި ޖަހާފައިހުރި ތަށިމުށިތައް ނައްޓާ އަމިއްލަތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ޖުލައި 2019 އިން 21 ޖުލައި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޖުލައި 2019 އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލުގެ ހޯލުގައި އޮންނާނެއެވެ.
  • ބިޑް ހުޅުވުން އޮންނާނީ 28 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލުގެ ހޯލުގައެވެ.
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    މާއެނބޫދޫ ސްކޫލް

    ދ.މާއެނބޫދޫ / ދިވެހިރާއްޖެ

    ފޯން:  6760608 / 7952919

    އީ-މެއިލް:  [email protected]

14 ޖުލައި 2019
ހޯދާ