ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ     

މަޤާމުގެ ނަންބަރު:

252454

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 1

ސެކްޝަން:

ސްޓެޓިސްޓިކްސް ޑިވެލޮޕްމަންޓް އެންޑް ސްޓޭންޑަރޑްސް ސެކްޝަން

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ ސިޓީ ކައުންސިލް އިދާރާ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވްނަސް :

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 (ސްޕެޝަލް ޑިއުޓީ ) އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

4. އިންޓަރނޭޝަނަލް ކޮމްޕެރިޒަން ޕްރޮގްރާމް(އައި.ސީ.ޕީ)  ޕްރޮޖެކްޓުގެ ދަށުން އަގުތައް ނެގުމާއި އެންޓަރކުރުން އަދި އަގުތައް ޗެކްކުރުން.

5. މާލެއާއި އަތޮޅުތަކުގައި ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގުނެގުމުގެ ސަރވޭގެ އަގުތައް ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތަށް ހޯދައި ސީ.ޕީ.އައި އެކުލަވާލުމުގެ ހުރިހައި މަސައްކަތް ކުރުން. 

6. މުޅިރާއްޖޭގެ ސީ.ޕީ.އައި  އާއި އިންފްލޭޝަން ރޭޓްއާއި ބެހޭ ދިވެހި ލިޔުމާއި އިގިރޭސި ލިޔުން ތައްޔާރުކުރުން.

7. މުޅިރާއްޖޭގެ ސީ.ޕީ.އައި  އާއި އިންފްލޭޝަން ރޭޓްއާއި ބެހޭ ދިވެހި ލިޔުމާއި އިގިރޭސި ލިޔުން އާންމުކޮށް ކަނޑައެޅިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.

8. އަތޮޅުތަކުގައި އަގުނެގުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ބެހޭ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

9. ސީ.ޕީ.އައި އަގުނެގުމަށް ބެނުންކުރެވޭ ފިހާރައެއް ނުވަތަ ތަނެއް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ބަދަލުކުރުމުގެ މަސައްކަތްކުރުން.

 1. ސީ.ޕީ.އައި އަގުނެގުމަށް އާފިހާރައެއް ނުވަތަ ތަނެއް ނަގަން ޖެހިއްޖެ ހިނދެއްގައި މިކަން ކުރުމުގައި އެހީތެރިވުން.
 2. ސީ.ޕީ.އައިގައި އަގުނަގަމުން ގެންދާ ބްރޭންޑްއެއް ނުވަތަ އައިޓަމެއް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ބަދަލުކުރުމުގައި އެހީތެރިވުން.
 3. އަތޮޅުތަކުގެ އަގުނެގުމުގެ މަސައްކަތް މޮނީޓަރ ކުރުމުގެ ދަތުރުތައް ހަމަޖެއްސުމާއި މިފަދަ ދަތުރު ތަކުގައި ބައިވެރިވުން.
 4. ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި)  ރިބޭސް ކުރުމުގެ މަސައްކަތް ކުރުން.
 5. އިޖްތިމާއީ އަދި އިޤްތިޞާދީ ސަރވޭތައް ކުރުމުގައި ފީލްޑް މަސައްކަތުގައި އަމަލީގޮތުން ޙަރަކާތްތެރިވުން.
 6. ތަފާސްހިސާބުގެ ޤަވާއިދަށް އަމަލުކުރުމުގެ ގޮތުން ކުރަންޖެހޭކަންތައްތައް ކުރުން.
 7. ކޮންމެ 5 އަހަރުން އެއްއަހަރު އޮންނަ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުން.ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒިފާ އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

 1.  ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.             

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
 • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
 • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި  އައްޑޫ ސިޓީ ކައުންސިލް އިދާރާ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ސަރވޭތަކުގައި ހަރަކާތްތެރިވެފައިވާނަމަ އެސަރވޭއެއްގައި ހަރަކާތްތެރިވެފައިވާ ލިޔުން.
 6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ކައުންޓަރުއިންނެވެ. އަދި މި އިދާރާގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22  ޖުލައި 2019  ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން،ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ނުވަތަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް   [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުކުރުމާއި އިމްތިހާންކުރުން އައްޑޫ ސިޓީ ކައުސިލްގެ އިދާރާގައި  އޮންނާނީ އިއުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާއެއްގެތެރޭގައެވެ. މި ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 • މަޤާމަމުގެ ދާއިރާގެ ތައުލީމަށް %35
 • މާގާމާއި ގުޅޭ ތަމްރީންތަކަށް % 5
 • ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނަށް %5
 • ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބުނު މާކުސްގެ އިންސައްތަ
 • މަސައްކަތުގެ ހުނަރަށް ލިބުނު މާކްސްގެ އިންސައްތަ %45

މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް)އިންސައްތައަށްވުރެ މަތިވުން.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެސްއަކީ [email protected] އަށެވެ.

08 ޛުލްގައިދާ 1440 ހ

11 ޖުލައި 2019 މ

11 ޖުލައި 2019
ހޯދާ