މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

އިޢުލާން

މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގުމަށް، އެކަށީގެންވާ އިމާރާތެއް ކުއްޔަށް ހިފުމަށް 1 ޖުލައި 2019 ގައި ކުރެވުނު އިޢުލާން ނަންބަރު  222/ IUL)101-AF/1/2019) އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގުމަށް، އެކަށީގެންވާ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުށްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މި މިނިސްޓްރީ (ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް) އަށެވެ. 

އަދި، މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ޝާއިއުކުރެވިފައިވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މައޫލޫމާތު ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3323668/1691 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

 

11 ޖުލައި 2019
ހޯދާ