މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ ޖަލްސާއެއް ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ބައިނަލްއަޤްވާމީ ޖަލްސާއެއް ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

 

މި މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖްގެ ސެކްރެޓޭރިއެޓް ގުޅިގެން ބައިނަލްއަޤްވާމީ ޖަލްސާއެއް 27 ން 29 އޮގަސްޓް 2019 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ދުނިޔޭގެ 43 ގައުމަކުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މަޖަލްސާގެ އެންމެހައި ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖްގެ ސެކްރެޓޭރިއެޓްގެ ފަރާތުންނެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. އަދި މި ޓާރމްސް އޮފް ރެފަރެންސް، މިނިސްޓްރީގެ ވެބްސައިޓްwww.environment.gov.mv އިން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖުލައި 2019 ގެ (13:30) ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 ބީލަމުގެ މުއްދަތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

އިޢުލާނު ނަންބަރު (IUL)438-CCD/438/2019/165 އާ ގުޅޭ

ޕްރޮކިޔުމަންޓް ސެކްޝަން،

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

 

 

10 ޖުލައި 2019
ހޯދާ