މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އިރުމަތީ ފުއްޓަރު ރާޅުގަނޑު " ޖެއިލްބްރޭކް " ސަރަޙައްދުގައި ރާޅާއަޅާ ފަރާތްތަކަށް އަމާޒުކޮށް ފޮޓޯނެގުމަށް " ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދުން

މިރަށު އިރުމަތީ ފުއްޓަރު ރާޅުގަނޑު " ޖެއިލްބްރޭކް " ސަރަޙައްދުގައި ރާޅާއަޅާފަރާތްތަކަށް އަމާޒުކޮށް ފޮޓޯނެގުމަށް "ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދުން

     މިރަށުގެ އިރުމަތީފަރާތުން ފުއްޓަރުރާޅުގަނޑު " ޖެއިލްބްރޭކް " ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް އަމާޒުކޮށްފޮޓޯނަގާނެ " ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެގެން، މިއިދާރާއިން ކުރެވިފައިވާ ނަންބަރު: 22/IUL)335-AS/335/2019) އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓް ބަދަލުވުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް، އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2019
ހޯދާ