އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުގައި އެއްގަމު ލައިޝަންސް ޑްރައިވިން ޓްރެކެއް އދ. މާމިގިލީގައި ޤާއިމް ކުރުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެއްގަމު ލައިޝަންސް ޑްރައިވިންގ ޓްރެކެއް ޤާއިމްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

            މި މަސައްކަތް ކުރެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ. މާމިގިލީ ކައުންސިލް އިދާރާގެ ކޮމިޔުނިޓީ ރޫމްގައެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2019 ޖުލައި 31 ވާ ބުދަ ދުވަހު 13:00 ގައި އދ. މާމިގިލީ ކައުންސިލްއިދާރާގެ ކޮމިޔުނިޓީ ރޫމްގައެވެ.

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނޯޓްކުރެވޭނީ އެއްފަރާތުގެ ނަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރު ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

            މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއިއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

      އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

07 ޖުލައި 2019
ހޯދާ