އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާޢިދު ނަންބަރު: 2019/R-6 ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުން

މި އިދާރައިގެ ނަންބަރު: (IUL)347/347/2019/48 (20 ޖޫން 2019) އިޢުލާނުގެ ސުރުހީގައި "އުޞޫލު އާންމުކުރުން" ކަމަށް ލިޔެފައި އެވަނީ އޮޅުމަކުންނެވެ. ވީމާ، އެކަން އިޞްލާޙުކޮށް އަލުން އިޢުލާނުކުރަމެވެ. އިޢުލާނު އިޞްލާޙުކޮށް އަލުން އާންމު ކުރިކަމުގައިވީނަމަވެސް މި އިޢުލާނުގެ ބޭނުމަށްޓަކައި މުއްދަތުތައް ގުނާނީ، މަތީގައި ބަޔާންކޮށްފައިވާ މި އިދާރައިގެ ނަންބަރު: (IUL)347/347/2019/48 އިޢުލާނުކުރި މުއްދަތު ކަމުގައިވާ 20 ޖޫން 2019 އިން ފެށިގެންނެވެ.

ދިވެހިސަރުކާރުގެ ގެޒެޓްގައި 14 ޖެނުއަރީ 2019 ގައި ޝާއިޢުކޮށްފައި މި ކައުންސިލްގެ ޤަވާޢިދު ނަންބަރު: 2019/R-6 (އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު) ގެ 3 ވަނަ މާއްދާގެ (ހ) ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލާނެ ތަކެއްޗަކީ؛

  1. މަގުތަކުގައި ކައުންސިލް އިދާރާއިގެ ހުއްދައެއް ލިޔުމަކުން ނެތި؛

ހ. ބަހައްޓާފައިވާ ލަކުޑިތަކާއި، އެކިބާވަތްތަކުގެ ބަސްދާތަކާއި، ގަލާއި، ހޮޅިފަދަ ތަކެއްޗާއި، މި ބާވަތުގެ އެންމެހާ

 ތަކެތި.

ށ. ވެހިކަލުތަކުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދުފަހަރު ފިޔަވައި އެހެނިހެން އެންމެހާ ވެހިކަލްތައް.

ނ. ޖޯލިފައްޗާއި، ގޮޑި ފަދަ ތަކެއްޗާއި، ގާޑިޔާތަކާއި ކޮންކްރިޓް މެޝިންފަދަ ތަކެތި.

ރ. މަގުތަކުގައި އިންދާ ހައްދާފައިވާ އެންމެހާ ގަސްތައް.

ބ. މަގުހުރަސްކޮށާއި، މަގުދިގަ ބިންމަތިންނާއި ބިމުގައި ނުޖެހޭގޮތަށް މަތިން ދަމާފައިވާ ޓީވީ، ކަރަންޓް އަދި

މިނޫންވެސް އެހެނިގެން ކޭބަލްތަކާއި ވައު/ނަނު ފަދަ ތަކެތި.

2. ދެފަރާތު ބަނދަރުގައި ކައުންސިލް އިދާރާއިގެ ހުއްދައެއް ލިޔުމަކުންނެތި؛

ހ. ބަނދަރުގައި އަޅާފައިވާ އޮޑިދޯނި ފަހަރު ފިޔަވައި، ބަދަރު ތެރެގައި އަޅާފައިވާ އެންމެހާ ތަކެތި.

ށ. އުތުރު ފަރާތު ބަނދަރުގެ ހުޅަނގު ބެޑުގައި ހަދާފައިވާ ސިޑިން އުތުރުގައި އަޅާފައިވާ 23 ފޫޓަށްވުރެ ކުދި

އުޅަނދުތައް ފިޔަވައި އެހެން ސަރަހައްދު ތަކުގައި އަޅާފައިވާ 23 ފޫޓަށްވުރެ ކުދި އުޅަނދުތައް.

ނ. ދެކުނު ފަރާތު ބަނދަރުގެ ހުޅަނދު ބެޑު ފިޔަވައި އެހެން ސަރަހައްދު ތަކުގައި އަޅާފައިވާ 23 ފޫޓަށްވުރެ ކުދި

އުޅަނދުތައް.

ރ. ދޯނި އެހެލާ ބަނދަރުގައި، ދޯނިފަހަރު އެހެލުމަށް ގެންގޮސް އަޅާފައި ބާއްވާ ބޭއްވުން ފިޔަވައި އަޅާފައިވާ އެންމެހާ

އުޅަނދުތައް.

ބ. އުޅަނދު ފަހަރު އެޅުމަށް ކައުންސިލުން ކަނޑައަޅާ އަންގާ ގޮތްތައްކާ ޙިލާފަށް ރަށުގެ ދެ ފަރާތު ބަދަރު ގައްޔާއި

ފަޅުތޭގައި އަޅާފައިވާ އުޅަނދުތައް.

3. ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކައުންސިލް އިދާރާއިގެ ހުއްދައެއް ލިޔުމަކުންނެތި؛

ހ. ރަށުގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި ހަދާފައިވާ ހަޓްތަކާއި، ދަރާއި ފަންލާގޮތަށް ހަދާފައިވާ ތަންތަނާއި،

ބަހައްޓާފައިވާ ލަކުޑިތަކާއި، އެހެލާފައިވާ ދޯނި، ބޮއްކުރާ، ޑިންގީ، ކެނޯ ފަދަ ތަކެއްޗާއި، ތަޅާ އަޅާފައިވާ ގައުތައް

ފަދަ ތަކެތި.

ށ. ދޯނި އެހެލާ ސަރަހައްދުގައި ހަދާފައިވާ ހަރުގެ ތަކާއި، އެހެލާފައިވާ ލޯންޗް، ދޯނި، ޑިންގީ، ބޮއްކުރާ ފަދަ ތަކެތި.

ނ. ރަށުގެ އެކި އެކި ސަރަހައްދު ތަކުގައި އިންދާ ހައްދާފައިވާ ރުއްގަސް.

ވީމާ، މަތީގައި ބަޔާން ކޮށަފައިވާ ތަކެތި އެތަކެތީގެ ވެރިފަރާތްތަކުން ވީއެންމެ އަވަހަށް އެތަންތަނުން ނަގާ ސާފުކުރުމަށް އަންގަމެވެ. އެންމެ ލަސްވެގެންވެސް 3 މަސްދުވަހުގެ ތެރޭގައި (20 ޖޫން 2019 އިން ފެށިގެން) މަތީގައި ބަޔާންކޮށްފައިވާ ތަކެތި އެ ތަންތަނުން ނުނަގައިފިނަމަ، ޤަވާޢިދު ނަންބަރު: 2019/R-6 (އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު) ގެ 3 ވަނަ މާއްދާގެ (ށ) ގެދަށުން އެއީ އެ ޤަވާޢިދުގެ ބޭނުމަށްޓަކައި، ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލާ އެ ޤަވާޢިދުގެ އެހެނިގެން މާއްދާ ތަކުގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.ދިވެހިސަރުކާރުގެ ގެޒެޓްގައި 14 ޖެނުއަރީ 2019 ގައި ޝާއިޢުކޮށްފައި މި ކައުންސިލްގެ ޤަވާޢިދު ނަންބަރު: 2019/R-6 (އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު) ގެ 3 ވަނަ މާއްދާގެ (ހ) ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލާނެ ތަކެއްޗަކީ؛

  1. މަގުތަކުގައި ކައުންސިލް އިދާރާއިގެ ހުއްދައެއް ލިޔުމަކުން ނެތި؛

ހ. ބަހައްޓާފައިވާ ލަކުޑިތަކާއި، އެކިބާވަތްތަކުގެ ބަސްދާތަކާއި، ގަލާއި، ހޮޅިފަދަ ތަކެއްޗާއި، މި ބާވަތުގެ އެންމެހާ

 ތަކެތި.

ށ. ވެހިކަލުތަކުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދުފަހަރު ފިޔަވައި އެހެނިހެން އެންމެހާ ވެހިކަލްތައް.

ނ. ޖޯލިފައްޗާއި، ގޮޑި ފަދަ ތަކެއްޗާއި، ގާޑިޔާތަކާއި ކޮންކްރިޓް މެޝިންފަދަ ތަކެތި.

ރ. މަގުތަކުގައި އިންދާ ހައްދާފައިވާ އެންމެހާ ގަސްތައް.

ބ. މަގުހުރަސްކޮށާއި، މަގުދިގަ ބިންމަތިންނާއި ބިމުގައި ނުޖެހޭގޮތަށް މަތިން ދަމާފައިވާ ޓީވީ، ކަރަންޓް އަދި

މިނޫންވެސް އެހެނިގެން ކޭބަލްތަކާއި ވައު/ނަނު ފަދަ ތަކެތި.

2. ދެފަރާތު ބަނދަރުގައި ކައުންސިލް އިދާރާއިގެ ހުއްދައެއް ލިޔުމަކުންނެތި؛

ހ. ބަނދަރުގައި އަޅާފައިވާ އޮޑިދޯނި ފަހަރު ފިޔަވައި، ބަދަރު ތެރެގައި އަޅާފައިވާ އެންމެހާ ތަކެތި.

ށ. އުތުރު ފަރާތު ބަނދަރުގެ ހުޅަނގު ބެޑުގައި ހަދާފައިވާ ސިޑިން އުތުރުގައި އަޅާފައިވާ 23 ފޫޓަށްވުރެ ކުދި

އުޅަނދުތައް ފިޔަވައި އެހެން ސަރަހައްދު ތަކުގައި އަޅާފައިވާ 23 ފޫޓަށްވުރެ ކުދި އުޅަނދުތައް.

ނ. ދެކުނު ފަރާތު ބަނދަރުގެ ހުޅަނދު ބެޑު ފިޔަވައި އެހެން ސަރަހައްދު ތަކުގައި އަޅާފައިވާ 23 ފޫޓަށްވުރެ ކުދި

އުޅަނދުތައް.

ރ. ދޯނި އެހެލާ ބަނދަރުގައި، ދޯނިފަހަރު އެހެލުމަށް ގެންގޮސް އަޅާފައި ބާއްވާ ބޭއްވުން ފިޔަވައި އަޅާފައިވާ އެންމެހާ

އުޅަނދުތައް.

ބ. އުޅަނދު ފަހަރު އެޅުމަށް ކައުންސިލުން ކަނޑައަޅާ އަންގާ ގޮތްތައްކާ ޙިލާފަށް ރަށުގެ ދެ ފަރާތު ބަދަރު ގައްޔާއި

ފަޅުތޭގައި އަޅާފައިވާ އުޅަނދުތައް.

3. ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކައުންސިލް އިދާރާއިގެ ހުއްދައެއް ލިޔުމަކުންނެތި؛

ހ. ރަށުގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި ހަދާފައިވާ ހަޓްތަކާއި، ދަރާއި ފަންލާގޮތަށް ހަދާފައިވާ ތަންތަނާއި،

ބަހައްޓާފައިވާ ލަކުޑިތަކާއި، އެހެލާފައިވާ ދޯނި، ބޮއްކުރާ، ޑިންގީ، ކެނޯ ފަދަ ތަކެއްޗާއި، ތަޅާ އަޅާފައިވާ ގައުތައް

ފަދަ ތަކެތި.

ށ. ދޯނި އެހެލާ ސަރަހައްދުގައި ހަދާފައިވާ ހަރުގެ ތަކާއި، އެހެލާފައިވާ ލޯންޗް، ދޯނި، ޑިންގީ، ބޮއްކުރާ ފަދަ ތަކެތި.

ނ. ރަށުގެ އެކި އެކި ސަރަހައްދު ތަކުގައި އިންދާ ހައްދާފައިވާ ރުއްގަސް.

 

07 ޖުލައި 2019
ހޯދާ