މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމް               : ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރު         : J-248820

ބޭނުންވާ ޢަދަދު          : 01 (އެކެއް)

ގިންތި               : ދާއިމީ

ރޭންކް               : އެމް.އެސް.1 އިން އީ.އެކްސް 6 އަށް

ކްލެސިފިކޭޝަން          : ޓީޗިންގ ސަރވިސް އޮފިސަރ 2 އިން 11 އަށް

ގުޅޭވަޒީފާގެދާއިރާތައް        : ޓީޗިންގ ސާވިސަސް

މަޤާމް އޮތް އޮފީސް        : މިލަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން    : މިލަންދޫ ސްކޫލް / ށ. މިލަންދޫ

މުސާރަ              : 5610.00 ރުފިޔާ އާއި 15560.00 ރުފިޔާ އާއި ދެމެދު

ސަރވިސް އެލަވަންސް      : 2500.00 ރުފިޔާ

ޓެނުއަރޝިޕް އެލަވަންސް     : 2000.00 ރުފިޔާ

ތަޢުލީމީރޮނގުތައް          :އެޑިއުކޭޝަން/ ސްޕެޝަލައިޒްޑް ސަބްޖެކްޓް/ ޓީޗިންގ/ ސްކޫލް މެނޭޖްމެންޓް        

 

އިތުރު ޢިނާޔަތްތައް:

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މަޤާމާއި ގުޅިގެން ލިބޭ ފޯން އެލަވަންސް.

5- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ، ( ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިންގ އަކީ ސްކޫލް މެނޭޖްމެންޓް ) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

 

  

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS 1

700.00ރުފިޔާ

EX 1

1100.00ރުފިޔާ

EX 4

1300.00ރުފިޔާ

MS 2&3

900.00ރުފިޔާ

EX 2

1100.00ރުފިޔާ

EX 5

1500.00ރުފިޔާ

MS 4

900.00ރުފިޔާ

EX 3

1300.00ރުފިޔާ

EX 6

1500.00ރުފިޔާ

 

  މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް އުނގަންނައި ދިނުމަށާއި އިތުރު ޙަރަކާތްތައް ރާވާ ހިންގުން.
  2. ޓީޗަރުންނާއި ކިޔަވައި ދިނުމުގައި ޙަރަކާތްތެރިވާ އެހެނިހެން މުއައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.
  3. ސްކޫލްގައި މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރުންގެ މަސައްކަތް ރާވާ ބެލެހެއްޓުން.
  4. ސްކޫލްގެ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ އިސް މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.
  5. ސްކޫލްގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، އޯލެވެލް އަދި އޭލެވެލްގެ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  6. އައު މަންހަޖު ތަންފީޒުވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް އެލް. އާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުން.
  7. ދަރިވަރުންނަށް ޙާޞިލްވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވާ، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއުކުރުން.
  8. ސްކޫލަށް ބޭނުންވާ އެންމެހާ ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
  9. ލީޑިންގ ޓީޗަރުންނާއި އެހެނިހެން އިދާރީ މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ޤަވާޢިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.
  10. ޕަބްލިކް ރިލޭސަންސާއި ގުޅޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމާއި. ސްކޫލުން ރާވާ އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާޞަބަތުތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައި ކުރުވުމާއި، އެއްބާރުލުން ދިނުން.
  11. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާ އަދި ސްކޫލްބޯޑުގެ އެންމެހާ ކަންތައް ސްކޫލްގެ ފަރާތުން ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  12. ސެޝަން މީޓިންގތައް ބޭއްވުން.
  13. ސްކޫލްގެ އިސްވެރިޔާ އަންގާ ގޮތެއްގެމަތިން ސްކޫލްގައި ހިންގޭ އެންމެހާ ޙަރަކާތްތައް ފަހިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުއައްޒަފުން ލައްވާ މަސައްކަތް ކުރުވުން.
  14. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
  15. މުޖުތަމަޢާއި ސްކޫލާއި ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތް ކުރުން.
  16. ޕްރިންސިޕަލް ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ސްކޫލް ހިންގުމާއި ޙަވާލުވެ ސްކޫލް ހިންގުމުގެ އެންމެހާ ޒިންމާތައް އަދާކުރުން.

 

 މަޤާމުގެ ޝަރުޠުތައް:

 

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޑެޕިއުޓީ ޕްރިންސިޕަލް

ޓީޗިންސަރވިސް އޮފިސަރ 2

MS1

- ޓީޗިންގ ސާރވިސް އޮފިސަރ 2 ގެ ޝަރުތު ހަމަވުމާއިއެކު ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

-  ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއި އެކު، ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

5610.00

2500.00

ޑެޕިއުޓީ ޕްރިންސިޕަލް

ޓީޗިންސަރވިސް އޮފިސަރ 3

MS2

ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

6,295.00

2,500.00

ޓީޗިންސަރވިސް އޮފިސަރ 4

MS3

ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7,035.00

2,500.00

ޓީޗިންސަރވިސް އޮފިސަރ 5

MS4

ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7,875.00

2,500.00

ޑެޕިއުޓީ ޕްރިންސިޕަލް

ޓީޗިންސަރވިސް އޮފިސަރ 6

EX1

ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

8,835.00

2,500.00

ޓީޗިންސަރވިސް އޮފިސަރ 7

EX2

ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

9,890.00

2,500.00

ޓީޗިންސަރވިސް އޮފިސަރ 8

EX3

ޓީޗިން ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

11,065.00

2,500.00

ޑެޕިއުޓީ ޕްރިންސިޕަލް

ޓީޗިންސަރވިސް އޮފިސަރ 9

EX4

ޓީޗިން ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

12,400.00

2,500.00

ޓީޗިންސަރވިސް އޮފިސަރ 10

EX5

ޓީޗިން ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

13,890.00

2,500.00

ޓީޗިންސަރވިސް އޮފިސަރ 11

EX6

ޓީޗިން ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

15,560.00

 

 

 

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

- ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށްވަރުކުރުމަށް އިންޓަވިއު ކޮށްގެން.

- މަތީގައިވާ ބައިތަކަށް ލިބޭ މާކްސް އަށް ބަލައި މެރިޓް އުސޫލުން އެންމެ މަތީ މާކްސް ލިބޭ ފަރާތް.

 

ހުށަހަޅަންޖެހޭ ލިޔުންތައް

01. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ ސެޓުފިކެޓްގެ ކޮޕީ

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

      (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށް ފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މިލަންދޫ ސްކޫލު ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިލަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 ޖުލައި 2019 އާއި 20 ޖުލައި 2019 އާއި ދެމެދު، މިލަންދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މީގެ އިތުރުން މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން 55 (ފަންސާސްފަހެއް) އަހަރު ފުރިފައިވާ  ފަރާތްތައް އުނިކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540541 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 ޖުލައި 2019
ހޯދާ