މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

`

 

މާއުނގުދޫ ސްކޫލް

ށ. މާއުނގޫދޫ، ދިވެހިރާއްޖެ

 

 

އިޢުލާން

 

ނަންބަރު: GS106/2019/IU/032

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ޕްރިންޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ނަންބަރ:

J-243377

މަޤާމުގެ ރޭންކް:

އެސް.އެސް 3

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަންޖެހޭ ތަން :

މާއުނގޫދޫ ސްކޫލް، ށ. މާއުނގޫދޫ

ސެކްޝަން :

އެޑްމިން

މުސާރަ:

3,875/- ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1,000/- ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 1,200/- ރުފިޔާ (މަހަކު)

މަޤާމުގެ ދާއިރާތައް:

ކްލެރިކަލް ސަޕޯޓް، ކްލެރިކަލް ސަޕޯރޓް ވޯކަރ

އިތުރު އިނާޔަތްތައް

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

މަޤާމުގެ   ޝަރުތުތައް

  

 • މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 • ގްރޭޑް 7 ނިންމާފައިވުން . (ގްރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ ލީވިންގ ސެޓްފިކެޓްގެ ނުވަތަ ގްރޭޑް 7 ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަށް ރިޔާއަތްކޮށެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

 1. ކިޔަވައި ދިނުމަށް ބޭނުންވާ ވާރކްސީޓްތަކާއި ޓެސްޓްޕޭޕަރ، އަދިމިނޫންވެސް ޓީޗިންމެޓީރިއަލްތައް ޓީޗަރުން ކަނޑައަޅާ ތާރީޚަށް ނިންމުން. އަދި މިތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. (ޓެސްޓު ޕޭޕަރުފަދަ ސްކޫލްގެ ސިއްރު ލިޔެކިޔުންތައް ކޮންމެހެން ފެންނަންޖެހޭ ފަރާތަކަށް މެނުވީ ދައްކައި، ކޮޕީ ހަދައިދީ ހަދައިގެން ނުވާނެއެވެ.)
 2. އިދާރީ ހިންގުމުގައި ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓް ކުރުން.
 3. ޕްރިންޓްކުރަންޖެހޭ އެންމެހާ ތަކެތި ޕްރިންޓްކުރުމާއި ސްޓެޕްލް ކުރުމާއި، ބަންޑަލް ކުރުމާއި، ލެމިނޭޓް ކުރުމާއި އަދި ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކޮށް ލީކް ނުވާނެގޮތަކަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 4. ފޮޓޯކޮޕީ/ ޗާޕު ނުވަތަ ޕްރިންޓް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ހުރިހާ މެޝިނަރީޒްތަކެއް ސާފުކުރުވައި، ސަރވިސް ކުރުވައި ބެލެހެއްޓުން.
 5. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލައި ހޯދުން.
 6. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރާތަން ސާފުކުރުވައި، ތަރުތީބުކުރުވައި ބެލެހެއްޓުން
 7. . ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭ ގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގްތަކެއް ހަދައި އެތަކެތި ބޭނުންކުރުން އަދި މިކަމާއި ގުޅިގެން ސްކޫލްގެ އިސްވެރިން ބޭނުންވާ އެންމެހާ މަޢުލޫމާތު ޤަވާއިދުން ދިނުން.
 8. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރުމުގެ ހުރިހާ މަސައްކަތެއް ސްކޫލްގެ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ކޮށްދިނުން.
 9. ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕްމެސިން އަދި އެހެނިހެން ޕްރިންޓަރތައް ރަގަޅަށް ސާފުކޮށް ބެލެހެއްޓުމާއި އެކު މެޝިނަކަށް މައްސަލައެއް މެދުވެރި ވެއްޖެނަމަ އެކަމެއްގެ މައުލޫމާތު ކަމާބެހާ ވެރިއަކަށް ވަގުތުން ދިނުމާއި އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން މަސައްކަތް ކުރުން.
 10. ރީޔޫސް ކުރުމުގެ އިތުރުން ބެނުންވާ އަދަދަށް ޕްރިންޓް ކުރުމަށް ސަމާލުވުން.
 11. ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި، ކޯޑް އޮފް ކޮންޑަކްޓަށް ތަބާވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއަށް ޢަމަލްކުރުން.
 12. ސްކޫލުން ރާވާ ހިންގާ އިތުރު ހަރަކާތް ތަކުގައި ސްކޫލްގެ ވެރިން އަންގާ ގޮތެއްގެ މަތިން ސްކޫލަށް ހާޟިރުވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބޭނެއެވެ.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.  
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :

(ހ) ދައުލަތުގެ މުއައްސަސާއެއްގައި  ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 1. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ  2019 ޖުލައި 17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މާއުނގޫދޫ ސްކޫލްގެ އޮފީހަށެވެ. ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއިމުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 ޖުލައި 18 އާއި 21 އާއި ދެމެދުގެ ތާރީޚެއްގައި މާއުނގޫދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540554 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

4 ޛުލްޤައިދާ 1440

7 ޖުލައި 2019

07 ޖުލައި 2019
ހޯދާ