މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންެގެ ވަޒީފާގެ ފުރުޞަތު

 

ދާއިރާތައް:

  • މެރިންކޯރ
  • ސްޕެޝަލް ފޯސަސް
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް
  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
  • ކޯސްޓްގާރޑް
  • މިލިޓަރީ ޕޮލިސް
  • މެޑިކަލް ސަރވިސް
  • މިލިޓަރީ އިންޖީނިއަރސް
  • އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް
  • ސަޕޯޓް ސަރވިސް
 

ފެންވަރު ނުވަތަ ޝަރުތު:

 

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.

ފޯމްދޫކުރުމާއި ބަލައިގަތުން:

  • ސިފައިންގެ ވަޒީފާ އަށް އެދޭ ފޯމާއި ކުށުގެ ރެކޯޑުފޯމް ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މިފޯމްތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިދަންނަވާ އޭރިޔާތަކުން، 2019 ޖުލައި 2 ވަނަ ދުވަހުން ފެށިގެން 2019 ޖުލައި 31 ވަނަ ދުވަހުގެ 14:00 އަށް

 

ނޮދަން އޭރިޔާއިން

  • އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް
  • ޅ. ނައިފަރު ފަޔަރ ސްޓޭޝަން

 

ސެންޓްރަލް އޭރިޔާއިން

  • ސެންޓްރަލް އޭރިޔާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)
  • އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް

 

މާލެ އޭރިޔާއިން

  • މިނިސްޓްރީ އޮފް ޑިފެންސް

 

ސަދަން އޭރިޔާއިން

  • އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް
  • ސ. ހިތަދޫ ފަޔަރ ސްޓޭޝަން
  • ގދ. ތިނަދޫ ފަޔަރ ސްޓޭޝަން
  • ވަޒީފާ އަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިޔާއެއްގެ ފޯމްބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ. އަދި އޭރިޔާތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފއިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.
  • ވަޒީފާ އަށް އެދޭ ފޯމް ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 01 އޯގަސްޓް 2019 އެވެ.
  • އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
02 ޖުލައި 2019
ހޯދާ