ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު

އެކައުންޓްސް އޮފިސަރ  

މަޤާމުގެ ނަންބަރު

J-273297

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޔުނިޓް

މަޤާމު އޮތް އޮފީސް

ސ. ހުޅުމީދޫ ޞިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހުޅުމީދޫ ޞިއްހީމަރުކަޒު

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަޖެޓް ސެކްޝަނުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.
  2. އާމްދަނީއަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާ ކުރުން.
  3. އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ދުވަހުން ދުވަހަށް ޗެކްކޮށް ކަމާއި ގުޅޭ މުވައްޒަފުންނަށް ލަފާ ދިނުން.
  4. ޞިއްޙީމަރުކަޒުންދެވޭ އަގުނަގާ ޚިދްމަތްތަކުގެ ތެރެއިން އަގުނަގާ ޚިދްމަތްތަކަށް ހެދިފައިވާ ބިލްތަކަށް ފައިސާ ލިބޭތޯ ބަލާ އެކަން ޤަވާޢިދާއި އެއްގޮތަށް ހިގާތޯ ބެލުން.
  5. ޞިއްޙީމަރުކަޒުން ހެދޭ ކްރެޑިޓް އިންވޮއިސްތައް ފޮނުވަންޖެހޭ މުއްދަތައް ފޮނުވާ ފައިސާ ލިބޭތޯ ބެލުން.
  6. ފައިސާ ލިބޭ ގޮތުގެ ރެޖިސްޓަރ ބެލެހެއްޓުން.
  7. ޞިއްހީމަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުން.
  8. އަހަރީ ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ސެކުޝަންތަކުން ހޯދާ ބަޖެޓް ތައްޔާރުކޮށް ކަޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  9. ފައިސާ ޚަރަދު ކުރުމުގައި މެނޭޖްމަންޓަށް އިރުޝާދު ދިނުން.
  10. ޞިއްޙީމަރުކަޒުގެ ޕެޓީކޭޝްއިން ކުރަންޖެހޭ ޚަރަދުތައް ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤަވާއިދާއި އެއްގޮތަށް ޚަރަދުތައް ކުރުމާއި ހިސާބުތައް ބެލެހެއްޓުން.
  11. ފައިސާދެއްކުމަށް ބިލްތަކާއެކު ހުންނަންޖެހޭ ލިޔުންތައް ހަމަކޮށް، ބިލްތަކައް ވައުޗަރ ހަދާ ވައުޗަރަށް ގަވައިދުން ފައިސާ ހަވާލު ކުރުން.
  12. ބަޖެޓް ސެކްޝަނަށް ލިބޭ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ ކަންތައް ބަލަހައްޓާ ބިލްތަކާއި ޚަރަދު ބައިތައް ރަގަޅުތޯ ބަލާ ވައުޗަރުޗާގައި ސޮއި ކުރުވުން.
  13. ޚަރަދުފައިސާ ހޯދުމަށް ބޭނުންވާ ރިޕޯޓްތައްޔާރުކޮށް ފޮނުވުން، އަދި ފައިސާ ހޯދުމަށް މަސައްކަތް ކުރުން.
  14. ފައިނޭންސް ޑިޕާޓްމަންޓަށް ލިބޭ ބިލްތަކުގެ އެންޓްރީ ބެލެހެއްޓުން.
  15. ލީގަލް އެންޑް ފައިނޭންސް ޑިޕާޓްމަންޓްގެ ފައިސާއާއި ބެހޭ އެންމެހާ މަސައްކަތް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތިން ހިންގާ ބެލެހެއްޓުން.
  16. ފައިނޭންސްގެ މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ތަނުގެ މަސައްކަތަށް ދަތި ނުވާނޭފަދަ ގޮތެއްގެ މަތިން މުވައްޒަފުންގެ ޗުއްޓީ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  17. ތިޖޫރީގައި ހުންނަ ފައިސާ އާއި ޗެކްތަކުގެ ހިސާބުތައް ބެލެހެއްޓުން.
  18. ތިޖޫރީގައި ހުންނަ ފައިސާއާއި ޗެކުތަކާއި، ޗެކްފޮތްތަކާއި ޗެކްފައިލްތަކާއި ޗެކްގާޖަހާ ސްޓޭމްޕް ތިޖޫރީގާ ރައްކާކޮށް ތިޖޫރީ ބެލެހެއްޓުން.
  19. މުވައްޒަފުންގެ މުސާރައާއި ގުޅޭ މަސައްކަތް ކުރުން.
  • މުވައްޒަފުންގެ މުސާރަ އާއި ގުޅޭ ހުރިހާ ޝީޓްތައް ތައްޔާރުކޮށް ރީޖަނަލްހޮސްޕިޓަލަށް ފޮނުވަން ޖެހޭ ތާރީޚަށް ފޮނުވުން.
  • މުވައްޒަފުންގެ މުސާރައާއި އެލަވަންސަށް ދޫކުރެވޭ ފައިސާ މުވައްޒަފުންނަށް އެގޭގޮތަށް ސްލިޕެއްހަދާ ދޫކުރުން.

  20. ސިއްހީމަރުކަޒުތަކުގެ މަސްދުވަހުގެ ފައިސާގެ ރިޕޯޓްތައްހަދާ       ކަޑައެޅިފައިވާ  މުއްދަތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން 

  • ޕެޓީކޭޝް ހަރަދު ކުރެވުނު ފައިސާއާއި ބާކީ ހިސާބު
  • ތިޖޫރީގާ ހުރި ފައިސާގެ މަސް ދުވަހުގެ ރިޕޯޓްހެދުން.
  • އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން.
  1. ސެކުޝަނަށް ލިބޭ ސިޓީ މެސެޖް އަދި އެހެނިހެން ލިއުންތައް ބަލައިގަނެ ޑިޕާޓްމަންޓްގެ އިސްވެރިޔަކާއި މަޝްވަރާކޮށް ޖަވާބުދިނުން.
  2. އެޗް.އޯ.ޑީ މީޓިންގ ތަކުގައި ބައިވެރިވުން.
  3. އޮފީހުގެ ޗުއްޓީއަށް މުވައްޒިފުންގެ މަސައްކަތް ހަވާލްކުރެވޭ ގޮތެއްގެ މަތިން ކުރެއްވުން.
  4. ހަވާލް ކުރެވިފައިވާ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.
  5. ޞިއްޙީމަރުކަޒުގެ މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ފުރިހަމައެއްބާރުލުމާއި އެހީތެރިކަންދިނުން.
  6. އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކާއި މުވައްޒިފުންނަށް އިހުތިރާމްކޮށް މުއާމަލާތުކުރުން.

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފައިނޭންސް
  • އެކައުންޓިންގ

ތައުލީމީ ރޮނގުތައް

 އެކައުންޓިންގ                        

 ފައިނޭންސް                         

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމީދޫ ޞިއްހީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމީދޫ ޞިއްހީމަރުކަޒުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖުލައި 2019 އާއި 24 ޖުލައި 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 / 6885045 ނަންބަރު ފޯނާއެވެ.

   

 

 

 

 

 

 

 

 

 

   

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 27 ޝައްވާލު  1440           

30  ޖޫން    2019

 

                           ޝާހް ސަޢީދު            

                            ޑިރެކްޓަރ  

30 ޖޫން 2019
ހޯދާ