ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީތަޢުލީމުގެ ފުރުޞަތު

ރާއްޖޭގައި އެކިއެކި ފަރާތްތަކުން ބާއްވަމުން ގެންދާ، މަތީތަޢުލީމާ ބެހޭ ފެއަރތަކާއި މިފަދަ އިވެންޓްތަކުގައި ދިވެހި ދަރިވަރުން ބައިވެރިވެ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ނުކުރާ ކޮލެޖް، ޔުނިވަރސިޓީތަކާއި ވެލިޑޭޓް ނުކުރާ ކޯސްތަކަށް އެޕްލައިކޮށް ހެދުމުގެ ސަބަބުން، ގިނަ އަދަދެއްގެ ފައިސާ ދިވެހި ދަރިވަރުންގެ އަތުން ގެއްލިގެން ގޮސްފައިވާކަމުގެ ޝަކުވާ މިޑިޕާޓްމަންޓަށް ހުށަހެޅިފައި ވެއެވެ. އަދި މިފަދަ ފެއަރތައް ބާއްވާ ފަރާތްތަކުގެ މެދުގައި މަޞްލަޙަތު ފުށުއެރުމުގެ މައްސަލަތައްވެސް ކުރިމަތިވެ މިޑިޕާޓްމަންޓަށް ހުށަހަޅަމުން ދެއެވެ. ވީމާ، މަތީތަޢުލީމާބެހޭ މިފަދަ ހަރަކާތްތައް ވަކިއުސޫލެއް ނެތި ބާއްވަމުން ގެންދިއުމުގެ ސަބަބުން، ރާއްޖޭން ބޭރަށް ކިޔަވަންދާ ކުދިންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް، އަދި މިފަދަ ޙަރަކާތްތައް ހިންގަވާ އެކިއެކި ފަރާތްތަކުގެ މެދުގައި ދިމާވާ މަޞްލަޙަތު ފުށުއެރުމާއި ޖެހޭ މައްސަލަތައް ކުޑަކުރުމަކީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޒިންމާއެއް ކަމުގައި ދެކެމެވެ.

ވީމާ، މަތީތަޢުލީމާ ބެހޭ ފެއަރތަކާއި މިފަދަ އިވެންޓްތައް ރާއްޖޭގައި ބާއްވަން ބޭނުންވާ ފަރާތްތަކުން މިފަދަ ފެއަރތަކާއި އިވެންޓްތައް ބޭއްވުމުގެ ކުރިން، މިޑިޕާޓްމަންޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

12 ރަބީޢުލްއާޚިރު 1435

12 ފެބުރުވަރީ 2014
ހޯދާ