ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ތިނަދޫ އިންޖީނުގޭގެ ނުނިމި ހުރި އެންމެހައި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

ނަންބަރ:FNK-I/IUL/2019/113

އިޢުލާން

 

ގދ.ތިނަދޫ އިންޖީނުގޭގެ ނުނިމި ހުރި އެންމެހައި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

ގދ.ތިނަދޫ ޕްރީފެބްރިކޭޓެޑް އިންޖީނުގޭގެ ވޯލް އަދި ރޫފް ކްލެޑިންގ ސަޕްލައިކޮށް، އިންސްޓޮލޭޝަން، ސަރވިސަސް އަދި ފިނިޝިންގެ އެންމެހައި މަސައްކަތާއި، އިންޖީނުގެއަށް ބޭނުންވާ އޯވަރ ހެޑް ކްރޭން ސިސްޓަމް ސަޕްލައިކޮށް އިންސްޓޮލޭޝަން މަސައްކަތާއި، ސްޓެކްޑް ޗިމްނީއެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އެންމެހައި މަސައްކަތްތައް މި ކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީވެ މި މަސައްކަތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

މި އިޢުލާނާ ގުޅޭ ބިޑް ޑޮކިއުމަންޓް  26 ޖޫން 2019 އިން 04 ޖުލައި 2019 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 14:30 އަށް މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން އަދި ގދ.ތިނަދޫ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ބިޑް ޑޮކިއުމަންޓާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މެއިލްކުރާނީ 07 ޖުލައި 2019 އިން 10 ޖުލައި 2019ގެ ނިޔަލަށް [email protected] އަށެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2019 ވާ އަދިއްތަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ގދ.ތިނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

                22 ޝައްވާލު 1440

                25  ޖޫން  2019

 

25 ޖޫން 2019
ހޯދާ