ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބުރުނީގައި ނަމާދު ކުރާ ( މަސްޖިދުލް އިޚްލާސް، މަސްޖިދުލް ފަލާޙް އަދި މަސްޖިދު ބުރުނީ ) 3 މިސްކިތަށް  ބޭނުންވާ ބައެއްތަކެތި ގަނެ ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • މިމަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.
  •  އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.

                   މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް، މިމަސައްކަތަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                   20 ޝައްވާލް  1440

                   23  ޖޫން    2019

23 ޖޫން 2019
ހޯދާ