އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލި ކައުންސިލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމައް މީހަކު ހޯދުން

 

މަޤާމް :

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރ:

J-222425

ބޭނުންވާ އަދަދު:

01

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެމް އެސް 2

މަޤާމްގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 02

ވަޒީފާ އަދާކުރަންޖެހޭ ތަން

އދ މާމިގިލީ ކައުންސިލްގެ އިދާރާ

މުސާރަ

6295ރ

ސަރވިސް އެލަވަންސް

2000ރ

އެހެނިހެން އެލަވަންސް :

 

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯރޓިން ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900ރުފިޔާ 

 

މަޤާމްގެ މައިގަނޑު މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް

1- ކަނޑައެޅިފައިވާ އުސޫލުގެ މަތިން މުވައްޒަފުން ވަޒީފާތަކަށް ނެގުމާއި ވަޒީފާއިން ވަކިކުރުމާ ބެހޭ އެންމެހާ މަސައްކަތް 

2- މުވައްޒަފުންގެ އެޕްރައިޒަލް އާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުމާ ބެލެއްޓުން

 

3- މުވައްޒަފުންގެ ރެކޯޑް ފައިލްތައް، ޗުއްޓީ ސަލާމް އަދި މުވައްޒަޒަފުންނާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ޤަވާއިދުގައިވާ

ގޮތުގެ މަތިން ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ލިޔެ ބެލެހެއްޓުން 

  4 ރަށުގެ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތައް ކުރި އެރުވުމަށްޓަކައި ކައުންސިލުން ރާވާ ހިންގާ ހުރިހާ ޕްރޮގްރާމްތަކަށް 

އެހީތެރިކަމާ އެއްބާރުލުން ދިނުމާއެކު އެންމެހާ ލިޔެކިޔުންތަފުރިހަމަ ކޮށް ބެލެހެއްޓުން 

5- ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިންތަކާއި ފަޅު  ބޭނުންކޮށްގެން ކައުންސިލަށް އާމްދަނީ ހޯދުމަށްޓައި ،

   ކައުންސިލުން ރާވާ ހިންގާ ޕްރޮގްރާމްތައް  ޤާނޫނާ ޤަވާއިދާ  އެއްގޮތްވާ  ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން 

6-  ރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ދަފްތަރު ބަލަހައްޓައި، ޤާނޫނާ ޤަވާއިދާ ޚިލާފަށް އުޅޭ  ބިދޭސީންގެ

 މަޢުލޫމާތު ހޯދާ އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުން

7- އެކިއެކި މުނާސަބަތުތަކާ ގުޅިގެން ރަށުގައި ފާހަގަކުރާ، ރަށުފެންވަރާއި އަތޮޅު ފެންވަރު އަދި  ޤައުމީ ފެންވަރުގެ ދުވަސްތައް ފާހަގަ ކުރުމަށްޓަކައި ކައުންސިލުން ކުރުމަށް ރާވާފައިވާ  މަސައްކަތްތައް ޤަވާއިދުތަކާ

އެއްގޮތްވާގޮތުގެމަތިން ކުރުމާ ބެލެހެއްޓުން

8- ލޯކަލް ކައުންސިލް ޤަވާއިދާ އެއްގޮތް ވާގޮތުގެ މަތިން ކައުންސިލްގެ ޖަލްސާތައް ބާއްވާނެ އިންތިޒާމް ހަމަޖައްސާ

ޔައުމިއްޔާތަކާއި ޤަރާރުތައް ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިޔެ އާއްމުކުރަންޖެހޭ ލިޔުންތައް އާއްމުކުރުން

9 - ކައުންސިލުން އާއްމުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ކޯސްތައް ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ލިޔެ ބެލެހެއްޓުން

10ކައުންސިލްގެ ބެލުމުގެ ދަށުގައި ގެންގުޅޭ މުވައްޒަފުން ވަޒީފާތަކަށް ނެގުމާއި ވަކިކުރުން އަދި އެފަދަ މުވައްޒަފުންނާ

ބެހޭ އެންމެހާ ލިޔެކިޔުންތައް ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ލިޔެ ބެލެހެއްޓުމާއި އެމުވައްޒަފުންނާ އެ މުވައްޒަފުން ނާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން   

މަޤާމްގެ ޝަރުތުތައް

* ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް ، ޕަބްލިކް އެޑްމިނިސްޓްރޭޝަން  ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއި އެކު، އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

ނުވަތަ

* ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް ، ޕަބްލިކް އެޑްމިނިސްޓްރޭޝަން  ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ހާސިލްކޮށްފައި ވުން

 

ހުށައަޅަންޖެހޭ ލިޔުންތައް

1 ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން، އދ މާމިގިލީ ކައުންސިލް އިދާރާގެ ވެބްސައިޓް ‘www.maamigilicouncil.gov.mv އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ފޯނު ނަމްބަރ އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3 ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް  ކިޔަން އެނގޭފަދަ ކޮޕީއެއް

4 ސިވިލްސަރވިސްއަށް / ސަރުކާރަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކުރިޕްޓް ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

  (ށ) މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ

ޖަމްޢިއްޔާ / ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ  އަދާކޮށްފައިވާ މަޤާމްގެ މަސްޢޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް  އެ އޮފީހަކަން ދޫކޮށްފައިވާ ލިޔުން ( ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާ އަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމައެވެ.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމް، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި  މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކަން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

 

* މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ  އެންމެ ދަށްވެގެން ލިޔަންޖެހޭ ޖުމްލަ އިންސައްތަ 

* ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40 )

* ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން (%5)

* މަސައްކަތުގެ ތަޖުރިބާ (މަޤާމްގެމަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ)  ()

* ލިބިފައިވާ ހުނަރު ( އިންޓަވިއު / އަދި ޕްރެކްޓިކަލް )  ( %40 )

 

 

* މި މަޤާމަށް އައްޔަން ކުރުމަށް ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ  ޖުމްލަ %45 ( ސާޅިސް ފަހެއް ) އިން ސައްތައަށް ވުރެން މަތިވާންޖެހޭނެއެވެ.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި :

  މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2019 ޖުލައި މަހުގެ 07 ވާ އާދިއްތަ ދުވަހުގެ 14.00ގެ   ކުރިން އދ މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީ މެއިލް

[email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނު މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ދުވަހެއް ކަނޑައަޅުއްވައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2019 ޖުލައި މަހުގެ 09 ން 15 އާއި ދެމެދު އދ މާމިގިލީ ކައުންސިލްގެ އިދާރާގައެވެ. ވުމާއިއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއު އަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން :

މިވަޒީފާއަށް އެދި ހުށައަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެން އިތުރުވާނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

         މި ޢިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680538 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

25 ޖޫން 2019
ހޯދާ