ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ށ. ގޮއިދޫ ސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް (ހަތަރުވަނަ އިއުލާނު)

މި ސްކޫލުންކުރި ނަމްބަރ  GS110/IUL/2019/19  އިއުލާނަށް ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގުތައް، މަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެ އިއުލާނު ބާތިލުކޮށް އަލުން (ހަތަރުވަނަ ފަހަރަށް) މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް މިސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

މި މަސްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ. ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާ މައުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

ހ. "ށ.ގޮއިދޫ ސްކޫލް އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ . 

24 ޖޫން 2019
ހޯދާ