ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

މަޤާމް:

ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:

J-307924

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީކުތުބުޚާނާ، ކ.މާލެ.

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2  ގޮތުގައި -/700 ރުފިޔާ ލިބޭނެއެވެ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ކަލެކްޝަންތައް ބަލަހައްޓަން ތިބޭ މުވައްޒަފުންގެ މަސައްކަތް ( ޑުވީޑެސިމަލް ކްލެސިފިކޭޝަން ސްޓޭންޑަޑަށްޝެލްފް ތަރުތީބުކުރުން އަދި ހަވާލުކޮށްފައިވާ އެހެން މަސައްކަތް) ދުވަހުން ދުވަހަށް މޮނިޓަރކޮށް ސުޕަވައިޒްކޮށް ސެކްޝަންހެޑަށް ރިޕޯޓްކުރުން

- ސަކިއުލޭޝަން ކައުންޓަރުގެ ފައިސާގެ ކަންތައް ހަމަޖެހިފައިވާ އުސޫލުގެމަތިން ބަލަހެއްޓާ ތިޖޫރީއަށް ފައިސާލުމާ ނެގުން

- ޔުނިޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.

- ވެބްއެސެސްމަންޓް ޕްރޮގްރާމު ކުރިއަށް ގެންދިއުން

- ކަސްޓަމަރުންނަށް މަޢުލޫމާތު ހޯދައި ދިނުމަށްޓަކައި އޯޕެކްގެ އެހީގައާއި އެހެނިހެން ގޮތްގޮތުން ކަސްޓަމަރުންނަށް ލަފައާއި އިރުޝާދުދީ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވުން ކަލެކްޝަން ތަރައްގީ ކުރުމަށްޓަކައި ކަސްޓަމަރ ފީޑްބެކްހޯދުން

- ސަރވިސަސްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް އައިޑެންޓިފައި ކުރުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް ޓްރެއިނިންގ ޔުނިޓަށް ހުށަހެޅުން.

- ކަސްޓަމަރުންނަށް ލައިބްރަރީ އޮރިއެންޓޭޝަން ޕްރޮގްރާމު ހިންގުން އަދި ފީޑްބެކްހޯދާ އެއަށްބިނާކޮށް ޕްރޮގްރާމް އަޕްޑޭޓްކުރުން

- ކޮންމެ ސްޓާފަކާއި އެކު ވަކިން މަންތްލީ ޕަރފޯމަންސް އެޕްރެއިޒަލް މީޓީންގ ބޭއްވުން ކޮންމެ ދުވަހެއްގެ ދެދަންފަޅިގެ މުވައްޒަފުންނާއި އެކު ބައްދަލުވުން ބޭއްވުން ވީކްލީ މަންތްލީ މީޓިން ބޭއްވުން

- ސަރވިސަސް ޔުނިޓުގެ މުވައްޒަފުންގެ ޑިއުޓީޓޭބަލް ޔުނިޓުގެ ވޯކްޕްލޭނާ އެއްގޮތަށް ތައްޔާރުކޮށް މަސް ފެއްއްޓުމުގެ 3 ދުވަސްކުރިން މުވައްޒަފުންނަށް އެންގުން.

- ލައިބްރަރީގެ ކަލެކްޝަނަށް އިތުރުވަމުންދާ އެކި ފޯމެޓްގެ ތަކެއްޗާއި އަދި ޚާއްސަ ދުވަސްތަކާ ނުވަތަ އެކި މައުޟޫއާ ގުޅޭގޮތުން ތަކެތީގެ ޑިސްޕްލޭ ތައްޔާރު ކުރުވުން.

- ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ ފަދަ ކަންތައް ތައްޔާރު ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.

- މަސައްކަތާއިގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން މުވާޞަލާތު ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން.

- އެންމެހާ ލިޔުންތަކުގެ ފައިލް ނެޓްވާކްގެ ބެލެހެއްޓުން.

- ޔުނިޓު ފެންވަރުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، ޔުނިޓް ހެޑް ރަސްމީކަމެއް ޙަވާލު ކުރައްވާ ހިނދެއްގައި ޙަވާލު ކުރައްވާ މަސައްކަތް ކުރުން.

- ކޮންމެ ޑިސެމްބަރމަހެއްގެ ފުރަތަމަ 10ވަނަދުވަހުގެކުރިން އަންނަންއޮތްއަހަރުގެ އެކްޓިވިޓީކަލަންޑަރ ސުޕަވައިޒަރގެ ލަފާގެމަތިން ތައްޔާރުކޮށް ހުށައެޅުމާއި ދުނިޔޭގައި އަދި ރާއްޖޭގައި މިދާއިރާގެ ޓްރެންޑްސް އަށް ރިސަރޗްކޮށް ހުށަހެޅުން

- މަސައްކަތުގެ މަންތްލީ، ވީކްލީ ޕްލޭންއެއް ހެދުން

- ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން

- އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން

- ސެކްޝަންގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމޭ ޙާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޟިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތްތަކަށް ސެކްޝަން/ޔުނިޓްގެ ވެރިޔާ ވަގުތީގޮތުން ހަވާލުކުރާ މަސައްކަތް ކުރުމާއި އަދި ލައިބްރަރީގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްކުރުން

- ޕްރޮޖެކްޓް ފައިލުގެ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވުން

މަޤާމުގެ ޝަރުތު:

ލައިބްރަރީ ސައިންސް ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން (www.nlm.gov.mv) ލިބެން ހުންނާނެ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 09 ވަނަ ދުވަހާއި 2019 އޮގަސްޓް 08 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

21 ޝައްވާލް 1440

24 ޖޫން 2019
ހޯދާ