އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް / މާލެ، ދިވެހިރާއްޖެ

އުނގޫފާރު އޯ.އާރ.ސީ. ގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ދާއިރާ:

HRM201 (Human Resource Management)

 BUS103 (Business Communication)

 MGT115 (Management and Organization)

  STA117 (Business Mathematics)

ޝަތުރު:

ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގުރީ ހާސިލްކޮށްފައިވުން

އުޖޫރަ:

100 ނުވަތަ އެއަށްވުރެދަށް ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/200 ދިވެހިރުފިޔާ

300-200 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/225 ދިވެހިރުފިޔާ

400-300 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/275 ދިވެހިރުފިޔާ

500 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/500 ދިވެހިރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ވަޒީފާއަށް އެދޭ ފޯމް (ލިންކް: https://tinyurl.com/ybb5ldqg)

4-ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

-ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345480 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

07 ޖުލައި 2019 (އާދިއްތަ) ދުވަހުގެ 13:30 ގެ ކުރިން  "ވަޒީފާއަށް އެދޭ ފޯމް" ފުރުއްވާ މި ސްކޫލްގެ ރިސެޕްޝަންއަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

23 ޖޫން 2019
ހޯދާ