މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

އިޢުލާން

ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅު ހިމެނޭ ގޮތުގައި ކުރިއަށް ގެންދާ "ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު – ސާފުރާއްޖެ ޒޯން 6 އަދި 7" މަޝްރޫޢުގެ ދަށުން ހުވަދު އަތޮޅުގެ ރަށްރަށުގައި ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ގދ. ތިނަދޫގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.         

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.                   

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް

ގދ. ތިނަދޫގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު އިމާރާތްކުރުމާއި ބެހޭ އިޢުލާނު ނަންބަރު: IUL)438-WMPC/438/2019/152)

ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 27 ޖޫން 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 13.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 03 ޖުލައި 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ   [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 6،000.00 (ހަ ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުނީ 04 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

20 ޖޫން 2019
ހޯދާ