މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ މަޤާމްއަށް މީހަކު ހޯދުމަށް

                                              

 

 މިއިދާރާއަށް މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމްގެ ނަންބަރ

J-222775

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން

ކޯޕަރޭޓް އެފެއާރޒް ސެކްޝަން

ވަޒީފާއަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާ ކ.ތުލުސްދޫ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

ކޯ އެލަވަންސް

700.00 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަޖެޓާބެހޭ އެންމެހައި ކަންތައްތައް ޤަވަޢިދުން މުވައްޒަފުން ލައްވާ ކުރުވުމާއި އެކަން ބެލެހެއްޓުން.
  2. އަތޮޅު ކައުންސިލްގެ މާލިއްޔަތުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  3. ރަށުކައުންސިލްތަކުގެ މާލިއްޔަތުގެ ހިސާބުތައް ބަލާ މޮނިޓަރކުރުން
  4. ކޮންމެ އަހަރަކު އަތޮޅުކައުންސިލުން ތައްޔާރުކުރަން ޖެހޭ ބަޖެޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުމާއި ބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި އަދި ކުރުން.
  5. އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުންނަން ދޭންޖެހޭ މުސާރައާއި އެލަވަންސް މަހުން މަހަށް ދިނުމުގެ މަސައްކަތްތައް ކުރުވުމާއި އެކަން ބެލެހެއްޓުން.
  6. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭންކުން ނަގަންޖެހޭ އެންމެހާއި  ފައިސާގެ ކަންތައްތައް ބެލެހެއްޓުން .
  7. ތިޖޫރީޤަވާއިދުން ބެލެހެއްޓުން
  8. އޮފީހަށްބަލައިގަންނަފައިސާއާއި އެފައިސާއާއިގުޅެގޮތުން އަމަލު ކުރަންޖެހޭ ގޮތްތަކަށް ކަންތައް ކުރަމުން ގެންދޭތޯބެލުން.
  9. ކައުންސިލްގެ އެންމެހާއި އާމްދަނީގެ ރެކޯޓްތައް ބެލެހެއްޓުވުން.
  10. އަތޮޅުކައުންސިލްއިން ނަގާ ލޯންތައް އަދާކުރާނެ ޕްލޭންތައް ރާވާ ފައިނޭންސް ޑިޕާރޓްމަންޓްން ކުރަންޖެހޭ ކަންތައްތައް ކުރުން
  11. އަތޮޅުކައުންސިލްގެ އެކިއެކި ޕްރޮގްރާމްތަކަށާއި، ތަރައްޤީ ޕްލޭންތަކަށް ހުޅުވޭ އެކިއެކި ފަންޑްގެ ކަންތައް ބެލެހެއްޓުން
  12. ވަޒީފާއިން ވަކިވާނަމަ ( ނުވަތަ ވަކިކުރެވޭ ހާލަތްތަކުގައި) ނުވަތަ ޗުއްޓީއެއް ނަގާނަމަ ޙަވާލުކުރެވިފައިވާ އެންމެހާ ފައިސާގެ ހިސާބުތައް ނިންމާ ސެކްޝަނުގެ ވެރިއަކަށް ދެއްކުން
  13. ވައުޗަރ ތަކުން ލިބެންވާ ފައިސާ ލިބުނުތޯބަލާ އެކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން

މަގާމުގެ ޝަރުތުތައް:

 

މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮގަކުން (އެކައުންޓިންގ އަދި ފައިނޭންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު %40

ސިވިލް ސަރވިސް ވަޒީފާއަށްވަނުމަށް ދެވޭ އިމްތިހާން %5

މަސައްކަތުގެ ތަޖުރިބާ

ލިބިފައިވާ ހުނަރު %40

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 30 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019  ޖުލައި 7 ން 11 ދެމެދު، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6644234 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6640032 އެވެ. އީ-މެއިލް ކުރާނީ [email protected])) އަށެވެ.

 

19 ޖޫން 2019
ހޯދާ