މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދަދޫކުރުމާއި ގުޅޭ

      ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގެ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބޭއްވުމަށް ހުއްދަދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ އަޟްހާ ޢީދުދުވަސް، ފިތުރު ޢީދުދުވަސް، ރާއްޖެއިސްލާމްވީ ދުވަސް، ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީއާއަހަރުފެށޭ ދުވަސް، ހިޖްރީއާއަހަރުފެށޭ ދުވަސް، މަސައްކަތްތެރިންގެ ދުވަސް، ނަސްރުގެ ދުވަސް، އަދި ޝަޢުބާން މަސް އެވެ.

      ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދަދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބާއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މާލެ ސިޓީކައުންސިލަށް ފޯމް ހުޅަހެޅުއްވުމަށް ދަންނަވަމެވެ. އަދި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމް މާލެ ސިޓީކައުންސިލުން ލިބެން ހުންނާނެއެވެ.

  1. ފުރިހަމަ ނަން (ވިޔަފާރި ނުވަތަ ޖަމިއްޔާގެ ރަޖިސްޓަރީގައިވާ ގޮތަށް)
  2. ރަޖިސްޓަރީ ނަންބަރ
  3. މާރކެޓް ބާއްވާ މުއްދަތު ފެށޭ ތާރީޚް އިން ނިންމާ ތާރީޚް
  4. މާރކެޓް ބާއްވާ ތަނުގެ ނަން ނުވަތަ ނިސްބަތްވާ ތަނުގެ ނަމާއި، އެތަން ނުވަތަ ސަރަޙައްދު އެފަރާތަކަށް ލިބިފައިވާ ކަމުގެ ލިޔުން
  5. މާރކެޓް އިންތިޒާމް ކުރުމާއި، ހިންގުމުގައި ޒިންމާވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ފުރިހަމަ ނަމާއި، މިހާރު ދިރިއުޅޭ އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީ
  6. ފާހަގަކުރާ މުނާސަބަތުގެ ތަފްޞީލު
  7. ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަދޫކުރުމުގައި ޢަމަލުކުރާނެ އުސޫލަށް ޢަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ އިޤްރާރު

       ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ން 13:00 އަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުންނެވެ.

                                       16 ޝައްވާލް 1440

19 ޖޫން 2019
ހޯދާ