ފީވަކު ސްކޫލް
ދިވެހިރާއްޖެ
ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 


ފީވަކުސްކޫލް

 

 ފީވައް،

 ދިވެހިރާއްޖެ

                           އިޢުލާން ނަންބަރ: GS-108/MIS/2019/16

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2.  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 20 އިން 2019 ޖޫން 22 އަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 11:30 އަށް މިސްކޫލަށް އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.   ހުކުރު ދުވަހު ނަން ނޯޓް ކުރުން އޮންނާނީ 14:00 ން 16:30 މިސްކޫލުގެ އިދާރާގެއެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 23 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4.  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 24 ވާ ހޯމަ ދުވަހުގެ 11:00 ގައި  މިސްކޫލްގައެވެ.

  5.  ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 30 ވާ  އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

  6.  މިޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5,000ރ. (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

  7.  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  8.  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޯން:          6540543

އީ-މެއިލް:  [email protected]

 

 

 

16 ޝައްވާލް 1440

19 ޖޫން    2019

19 ޖޫން 2019
ހޯދާ