ދިވެހިރާއްޖެ
މިއިދާރާއިންކޮށްފައިވާ ނަންބަރު (IUL)382/382/2019/38 ) 02 ޖޫން 2019 ( އިޢުލާނަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލްކޮށް، އަލުން ދަންޑުބިމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިންދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ގޮތް
އިރުވައިކޮޅުން ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 26 ބިން ( ބިމެއްގެ ބޮޑުމިން 4000 އަކަފޫޓް ) ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށާއި، ކައުންސިލުން ކަނޑައަޅާ ކުލީގެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 0.05 ( ސުމެއް ޕޮއިންޓް ސުމެއް ފަހެއް ލާރި ) ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް 0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް) ލާރިން ފެށިގެން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިންދޫކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
- ޕްރޮޕޯޝަލް ބަލައިގަތުން އޮންނާނީ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
ބިންދޫކުރުމާބެހޭ ގޮތުން ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.