މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޕްރިންޓްކުރުން

އިޢުލާން

 

މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ.

 

އަދަދު:              250 ކޮޕީ

ސައިޒް:             210mm x 260mm

ސަފުހާގެ އަދަދު:        195 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)

ކަރުދާސް:            ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑް

                 އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް

ޕްރިންޓް:            ހުރިހާ ގަނޑެއް ކުލަކޮށް

ފިނިޝިންގ:          ޕަރފެކްޓްލީ ބައުންޑް، ސައިޒަށް ކަފާފައި، ގްލޮސް ފިނިޝް.

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

24 ޖޫން 2019

ހޯމަ

15:00

މާރކްސް ދޭނެގޮތް:

  • އަގަށް:           %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ޑެލިވަރީ މުއްދަތު:    (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ތަޖުރިބާ:          (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް)

 އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

- ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)

- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖްރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)

- ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

- ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު

-  އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް

 

 

   16 ޝައްވާލް 1440

                      

 

19 ޖޫން 2019
ހޯދާ