ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ ސަރަޙައްދުގައިހުރި ޢިމާރާތް ކުއްޔަށް ދިނުން

އިޢުލާން

                                                       ނަންބަރު:421/IUL/2019/20

ސިނާޢީ ސަރަޙައްދުގައި ހުރި ޢިމާރާތް ކުއްޔަށް ދިނުން

 

 މިރަށު ސިނާޢީ ސަރަޙާއްދުގައި މަސްކައްކާ ހިއްކުމަށް ބޭނުންކުރި ޢިމާރާތް ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ 53 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާތީ އެއިމާރާތް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.އަދި  މިޢިމާރާތް ކުއްޔަށްދޫކުރުމަށް ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވަނީ ތިރީގައި މިދަންނަވާ އުސޫލުތަކާއެއްގޮތަށެވެ.

  1. ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ މަހުކުލީގެ ގޮތުގައި 1500.00 ރުފިޔާ އަށްވުރެ މަތިން އެއްމެ ބޮޑު އަގެއް ހުށަހަޅާފަރާތަކަށެވެ.
  2. ޢިމާރާތް ކުއްޔަށްދޫކުރާނީ 10 އަހަރުދުވަހުގެ މުއްދަތަކަށެވެ.އަދި ކޮންމެ 2 އަހަރަކުން ހުށަހަޅާ ކުލީގެ ކުއްޔަށް އިތުރުވަމުންދާނެވެ.
  3. ކައުންސިލް އިދާރާއަށް އެއްވެސް ކަމެއްގައި ފައިސާ ދައްކަންޖެހި، ނުދައްކާހުރި ފަރާތަކުން ޢިމާރާތް ކުއްޔަށްހިފުމަށްއެދި ހުށަހަޅާ ސިޓީތައް ބަލައި ނުގަނެވޭނެއެވެ.
  4. ޢިމާރާތް ކުއްޔަށް ހިފާފަރާތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހު އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 06 މަސްދުވަހުގެ ކުލި ދައްކަންވާނެވެ.

ވީމާ،މިދެންނެވި ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޖޫން 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަގު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. އަދި އަގުހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                 

15 ޝައްވާލު 1440

18   ޖޫން  2019

                                                                       

           

                                                           މުޙައްމަދު ވަޙީދު

                                                         ކައުންސިލްގެ ރައީސް

 

18 ޖޫން 2019
ހޯދާ