ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-269013

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން:

ސްޓޭކްހޯލްޑަރސް އެންޑް ޕަބްލިކް ރިލޭޝަން ސެކްޝަން

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ.
  6. ޖާނަލިޒަމް ނުވަތަ މީޑިޔާ ގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 1969.80 ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގައުމީ ޞިއްޙީ އިންޝުއަރެންސްގެ ނިޒާމާއި، ގުޅޭ ގޮތުން އާންމުންނާއި ޚިދުމަތް ދޭ ފަރާތްތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުން.
  2. އޮފީހުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުމާއި މުޖްތަމަޢުގައި އޮފީހާއި މެދު އޮންނަ އިތުބާރު އުފައްދައި ރައްޔިތުން އިޙްތިރާމްކުރާ އަދި ބަލައިގަންނަ އޮފީހަކަށް އޮފީސް ހެދުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.
  3. އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓަޖީ ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  4. ޕަބްލިކް ރިލޭޝަން އަދި ރިކަވަރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ އުސޫލު ތަންފީޒުކުރުމާއި އަދި އެއުސޫލުގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެސް.އޯ.ޕީތައް ތައްޔާރުކުރުން އަދި ރިވިއުކުރަންޖެހޭ ހާލަތްތަކުގައި ރިވިއުކުރުން.
  5. ރިކަވަރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރިކަވަރީ އުސޫލަށް ބަދަލުގެންނަން ޖެހޭކަމަށް ފާހަގަވެއްޖެނަމަ އެކަން ޕްލޭނިންގ ޔުނިޓާ ހިއްސާކޮށް އެބަދަލުގެނައުމަށް މަސައްކަތްކުރުން.
  6. އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެފަރާތްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި އެފަރާތްތަކާ ވާންޖެހޭ އެއްބަސްވުން ތައްޔާރުކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުތައްދީ އެކަންކަން ހިނގާނުހިގާ ގޮތް ބެލުން.
  7. އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން ތަފާތު އެކިއެކި ސަބަބުތަކާހުރެ އިތުރަށް ފައިސާދެވިފައިވާ ފަރާތްތަކުން އެފައިސާ އަނބުރާ ހޯދޭނެ ނިޒާމެއް ގާއިމުކޮށް އެމަސައްކަތް ރާވާ ހިންގުން.
  8. އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އިތުރަށް ފައިސާ ދެވިފައިވާ ފަރާތްތަކުގެ ތެރެއިން އަނބުރާ ފައިސާ ދެއްކުމަށް އެގްރިމެންޓް ވެފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި މެދު ކަންކުރަންވީ ގޮތުގެ އިރުޝާދު މުވައްޒަފުންނަށް ދިނުން.
  9. ޕަބްލިކް ރިލޭޝަން ޔުނިޓް އަދި ރިކަވަރީ ޔުނިޓް ގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބަލައި ސުޕަވައިޒްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ޖާނަލިޒަމް ނުވަތަ މީޑިޔާގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޖާނަލިޒަމް ނުވަތަ މީޑިޔާގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

  1. ޖާނަލިޒަމް ނުވަތަ މީޑިޔާގެ މަސައްކަތާއި ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމު
  2. ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
  3. މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
  4. އިމްތިޙާން/ ޕްރެކްޓިކަލްސް
  5. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް( އިންސައްތައަށްވުރެ މަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2019 ޖޫން  ނުވަތަ 2019 ޖުލައި ގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3005353 އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.  

13 ޖޫން 2019
ހޯދާ