މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު IUL)459-HR/1/2019/99) އިޢުލާން ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-308687

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

އެފް. ސީ. އެސް. ސީ މެނޭޖްމަންޓް ސެކްޝަން

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 • -/1100 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2 )
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 • ކުޑަކުދިންގެ ހިޔާ، އަމާންހިޔާ، ފިޔަވަތި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ އިދާރީ ހިންގުމުގައި ބޭނުންވާ އިރުޝާދާއި ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
 • ކުޑަކުދިންގެ ހިޔާ، އަމާންހިޔާ، ފިޔަވަތި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ، މަރާމާތުގެ މަސައްކަތްތަކުގެ އަޕްޑޭޓް ނަގާ ބެލެހެއްޓުމާއި އެމަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދައިދީ މޮނިޓަރކުރުން.
 • ކުޑަކުދިންގެ ހިޔާ، އަމާންހިޔާ، ފިޔަވަތި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ހިންގަމުން ގެންދަނީ ހެދިފައިވާ އިދާރީ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށްތޯ ބަލައި، ގަވާއިދުން ރިޕޯރޓްތައް އެކުލަވާލައި، އިޞްލާޙުކުރަންޖެހޭ ކަންކަމާއި އިދާރީ ގޮތުން ހަރުދަނާކުރަންޖެހޭ ކަންކަން ރަނގަޅުކުރުން.
 • ކުޑަކުދިންގެ ހިޔާ، އަމާންހިޔާ، ފިޔަވަތި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދައި ދިނުމަށް މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންތަކާއި އެކު ވިލަރެއްސްކޮށް، މަސައްކަތްކުރުން.
 • ދަޢުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނާއި މީހުން، މަރުކަޒުތަކުގައި ބެލެހެއްޓުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
 • މަރުކަޒުތަކުގައި ބައިތިއްބައިގެން ބަލަހައްޓާ ކުދިންނާއި މީހުންނަށް، ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ގާއިމުކޮށްދިނުމާއި ރިހެބިލިޓޭޓްކުރުމަށް ބޭނުންވާ އެހީތެރިކަން މަރުކަޒުތަކަށް ފޯރުކޮށްދިނުން.
 • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މެންޑޭޓް ތަންފީޒުކުރުމަށް އަތޮޅުތަކުގެ ކަމާގުޅުންހުރި ދާއިރާތަކާއި އެކު ހަރުދަނާ ގުޅުމެއް އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ކޮންމެ އަހަރަކު އެކުލަވާލަން ޖެހޭ ބަޖެޓް އެކުލަވާލުމާއި، ވާރކްޕެލޭން އެކުލަވާލުމުގައި އެހީތެރިވެދިނުމާއި، އެ މަސައްކަތްތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
 • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް، ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ނެގޭ ފަރާތްތަކުގެ ތެރެއިން ގިނަ ދުވަސްވާ ފަރާތްތައް ބަލައި ކަމާބެހޭ ޑިޕާޓްމަންޓްއާ ގުޅިގެން އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
 • ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި އަމާންހިޔާ ފަދަ މަރުކަޒުތަކުގައި ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ނެގޭ ފަރާތްތަކުގެ ތެރެއިން ގިނަ ދުވަސްވާ ފަރާތްތައް ބަލައި ކަމާބެހޭ ޑިޕާޓްމަންޓްއާ ގުޅިގެން އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
 • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އެހެން މަރުކަޒުތަކަށް އެހީގެ ގޮތުގައި ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ދެނެގަނެ، އެކަންކަމަށް ޕްރޮފޯސަލް އެކުލަވާލައި ބޭނުންވާ އެހީ ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކަށް އެހީގެ ގޮތުގައި ލިބޭ ތަކެތީގެ ރެކޯޑްތައް ގަވާއިދުން ބެލެހެއްޓުން.
 • ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި، ކުޑަކުދިންގެ ހިޔާ އަދި އަދި ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމަށް ކަމާބެހޭ ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން އަދި އިމްތިޙާންއެއް ދީގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ19ޖޫން 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 2019 ޖޫން ނުވަތަ ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

7 ޝައްވާލް 1440ހ

10 ޖޫން 2019މ

 

10 ޖޫން 2019
ހޯދާ