ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް މަގުބައްތިޖެހުމަށް މިދަންނަވާ ސަރަޙައްދުތަކުގައި ކޯރުކޮނުމާއި ގުޅޭ

މި ރަށު އަލަށް މަގުބައްތިޖެހުމަށް ބޭނުންވާ ސަރަޙައްދުތަކުގައި، ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، ކުރި މި ކައުންސިލްގެ ނަމްބަރ:(IUL)395-02/395/2019/31(30 މެއި 2019) އިޢުލާނާއި ގުޅިގެން ގަޑިޖެހުނު އިރު ބިޑު ހުށައަޅަން ޙާޟިރުވެފައިވަނީ، އެންމެ ދެފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

 

  އަލަށް މަގުބައްތިޖެހުމަށް މިދަންނަވާ ސަރަޙައްދުތަކުގައި ކޯރުކޮނުމާއި ގުޅޭ:

 

 

             ބައެއް މަގުތަކުގައިބައްތި ޖެހުމަށްޓަކައި، ކޭބަލް އެޅުމަށް، ތިރީގައި މި ދަންނަވާ މަގުތަކުގައި ކޯރުކޮނުމުގެ މަސައްކަތް ކޮއްދޭނެފަރާތެށް ހޯދަން ބޭނުންވެއްޖެއެވެ.  

1. "މަލަސް" ގޯތީގެ ހުޅަނގު ފަރާތު ކަންމަތިންފެށިގެން، އިސްދޫ ސްކޫލްގެ ހުޅަނގު ފަރާތު ކަންމައްޗަށް 680 މީޓަރ ނުވަތަ 2244 ފޫޓް

2. "ފަޒާހައުސް" ގޯތީގެ އިންވެގެން އިރަށް އޮތް ގޯތީގެ އިރުދެކުނު ފަރާތު ކަންމަތިން ފެށިގެން، "ވިލާސަންގެ" ގޯތީ އިންވެގެން ދެކުނަށް އޮތް ގޯތީގެ އިރު ދެކުނުފަރާތު ކަންމައްޗަށް 610 މީޓަރ ނުވަތަ 2013 ފޫޓް

         ޖުމްލަ 1290 މީޓަރ ނުވަތަ 4257 ފޫޓް ކޯރު ކޮންނަންޖެހޭނެއެވެ. ކޮންމެ ކޯރެއްގެ ފުންމިނުގައިވެސް ދޮޅު ފޫޓް ހުންނަން ވާނެއެވެ.

         ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު:2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން އެދެމެވެ.

1 . މި ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  11 ޖޫން 2019 ވާ އަންގާރަ  ދުވަހު  9:30 އިން 12:30އަށް ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. މިކަމަށް އެދި ނަންނޯޓުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ ނަންނޯޓުކުރުމުގެ 01 ފުރުޞަތެވެ. ނަންނޯޓުކުރުމަށް ވަޑައިގަންނަވާ އިރު، ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއަކާއި، އެ ވިޔަފާރިއެއް ތަމްޞީލްކުރާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.

2 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ބިޑު ހުށައަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ ބިޑު ހުށަހެޅުމުގެ 01 ފުރުޞަތެވެ. ބިޑު ހުށައަޅުއްވަން ވަޑައިގަންނަވާއިރު، ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއަކާއި، މީރާއަށް ފައިސާ ދައްކަވާފައިވާ އެންމެ ފަހުގެ ސްލިޕްގެ ކޮޕީއަކާއި، ވަޑައިގަންނަވާ ފަރާތަކީ، އެ ވިޔަފާރިއެއް ތަމްޞީލްކުރާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.

          ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް، ނަންނޯޓުކުރުމަށާއި، ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                                                                                         1440 I 29                  

                     03 ޖޫން 2019          

                            

                                                             އިބްރާހީމް ޚަލީލް                              

                                   ކައުންސިލްގެ ރައީސް 

03 ޖޫން 2019
ހޯދާ