މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފިޠުރު އީދު ބަންދުގައި އެއްގަމު އުޅަނދު ދުއްވުމާބެހޭ.

އިޢުލާން

                        1440އަހަރުގެ ފިޠުރު އީދާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބާއްވާ ތަފާތު ކުޅިވަރުތަކުގައި އާއިލާތަކާއިއެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފުރުޞަތު ދިނުމުގެ ގޮތުން ފިޠުރު ޢީދު ދުވަހު ( 2019 ޖޫން 4) ގެ ހަވީރު 16:00 ން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

                 ވީމާ، 2019 ޖޫން 4 ވާ އަންގާރަ ދުވަހުގެ ހަވީރު 1600 ން ފެށިގެން އިރުއޮއްސި 1800 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

1-      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު

2-      އެމްބިއުލެންސް

3-      ފުރާމީޙުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީއާޢި ޕިކަޕް

4-      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް

5-      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

6-      އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

           މިދެންނެވި 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މާލޭ ސިޓީ ކައުންސިލުން ދޫކުރަމުންގެންދާނެއެވެ. މިހުއްދަ އެއުޅަނދުތަކުގައި ޢާއްމުކޮށް ފެންނަން ހުންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.

           މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެ ކަން ޢާއްމުކޮށް އަންގާ ޢިއްލާން ކުރީމެވެ.  މިއިޢްލާނާއި ގުޅިގެން މިއޮތޯރިޓީގެ ނަންބަރު  ) (IUL)202-L/1/2019/48 2 ޖޫން 2019) އިޢްލާން ބާޠިލް ކޮށްފީމެވެ.

                    29   ރަމަޟާން      1440

             3     ޖޫން        2019

 

ދިވެހިސަރުކާރުގެ ގެޒެޓް

03 ޖޫން 2019
ހޯދާ