މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރޭނީ (ގިނަވެގެން 03 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ޙަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

މަޤާމް :

އޮފިސަރ ޓްރޭނީ (ގިނަވެގެން 03 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ޙަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 1. މުސާރަ: މަހަކު -/4401 ރުފިޔާ ( ހަތަރުހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
 2. ސަރވިސް އެލަވަންސް: މަހަކު -/1890 ރުފިޔާ ( އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)
 3. ޑެއިލީ އެލަވަންސް: ގަވައިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ ) 
 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ހުޅުމާލެ ޕޯސްޓް އޮފީސް

މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

 

 • ޕާރްސަލް ސޯރޓްކުރުމާއި ޑޭޓާރ އެންޓަރ ކުރުމުގެ މަސައްކަތް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ  ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އޯލެވެލް ފެންވަރު ހުރުން ނުވަތަ
 • ގްރޭޑް 8ގެފެންވަރު ހުރުމާއި ކުރެވޭއިންޓަރވިއުއިން ފާސްވުން

އެހެނިހެން

 • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
 • އަމިއްލަ ދުއްވާއެއްޗެގައި އުޅޭ ފަރާތަކަށްވުން
 • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
 • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
 • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
 • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)
 • ގުޅޭނެ ފޯން ނަންބަރު

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ  12:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

 • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ގުޅޭނެ ފޯނު ނަންބަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
 • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
03 ޖޫން 2019
ހޯދާ