ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ނަންބަރު: GMIZL-HR/IUL/19/06

ވަޒީފާގެ ފުރުޞަތު

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަގާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއްޖެއެވެ.

 1.        މަގާމު: ޖެޓީ އޮފިސަރ – (ޝިފްޓް ޑިޔުޓީ)

 

ބޭނުންވާ އަދަދު: 13

މަސްއޫލިއްޔަތު:

  • ތިލަފުށި ޖެޓީ ސަރަހައްދު އޮޕަރޭޝަން ޑިޕާރޓްމަންޓް ގެ އިސްވެރިޔާ އަންގާ ގޮތުގެ މަތިން ބެލެހެއްޓުން.
  • ޖެޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރަސީދުތައް ހެދުން.
  • ޝިފްޓް ބަދަލުވާއިރު ބަލައިގެންފައިވާ ފައިސާގެ އަދަދުތައް ހަމަކުރުމާއި ދިމާކުރުން.
  • ޖެޓީއަށް ބަނދަރުކުރާ އުޅަނދުތައް ހުންނަނީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދު ތަކުގައި، ހުންނަންޖެހޭ ގަވާއިދު ތަކަށް ފެތޭ ގޮތަށްތޯ ބެލުން.
  • ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ ބާލާ އަރުވާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ނެގުން.

ޝަރުތު:

  • ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

 

2.        މަގާމު: ޖެޓީ ކޮމްޕްލައިންސް އޮފިސަރ – (ޝިފްޓް ޑިޔުޓީ)

 

ބޭނުންވާ އަދަދު: 02

މަސްއޫލިއްޔަތު:

  • ތިލަފުށި ޖެޓީ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫތައް ހިންގުމާ މަޝްރޫތައް އެކުލަވާލުމުގައި އެހީތެރިވުން.
  • އޮޕަރޭޝަން ޑިޕާރޓްމަންޓް ގެ ޑެޕިއުޓީ މެނޭޖަރ އަންގާ ގޮތުގެ މަތިން ތިލަފުށި ޖެޓީ ސަރަހައްދު  ބެލެހެއްޓުން.
  • ތިލަފުށީގައި ޖެޓީ އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުން މޮނިޓަރ ކޮށް ސުޕަވައިޒް ކުރުން.
  • ތިލަފުށި ޖެޓީތަކުގައި ގާއިމު ކުރުމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކޮށް ކަނޑައަޅާ މިންގަޑެއްގެ ތެރޭގައި ޙިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން. 

ޝަރުތު:

  • ޖީ.ސީ.އީ.އޭ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 10 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

 3.        މަގާމު: އިންސްޕެކްޓަރ – (ޝިފްޓް ޑިޔުޓީ)

 

ބޭނުންވާ އަދަދު: 02

މަސްއޫލިއްޔަތު:

  • ތިލަފުށި / ގުޅީފަޅުގައި ތިބޭ ފަރާތްތައް ޢަމަލުކުރަމުންގެންދަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޢާންމު ޤަވާއިދާ އެއްގޮތައްތޯ ބަލައި މޮނީޓަރ ކޮށް ހައްލުކުރަންޖެހޭ ކަންތައްތައް ހައްލުކޮށް އިތުރަށް ބަލަންޖެހޭ ކަންތައްތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ތިލަފުށި / ގުޅީފަޅުގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.
  • ކުންފުނީގެ އާންމު ގަވައިދު ތިލަފުށި އަދި ގުޅީފަޅުގައި ތަންފީޒް ކުރުން އަދި އާންމު ގަވާއިދު ތަންފީޒް ކުރުމުގައި ދިމާވާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި އެކަމަށް ބޭނުންވާ ހައްލު ހޯދުން.

ޝަރުތު:

  • ޖީ.ސީ.އީ.އޭ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 10 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

4.        މަގާމު: އެސިސްޓަންޓް އިންސްޕެކްޓަރ – (ޝިފްޓް ޑިޔުޓީ)

 

ބޭނުންވާ އަދަދު: 10

މަސްއޫލިއްޔަތު:

  • ތިލަފުށި / ގުޅީފަޅުގައި ތިބޭ ފަރާތްތައް ޢަމަލުކުރަމުންގެންދަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޢާންމު ޤަވާއިދާ އެއްގޮތައްތޯ ބަލައި މޮނީޓަރ ކޮށް ހައްލުކުރަންޖެހޭ ކަންތައްތައް ހައްލުކޮށް އިތުރަށް ބަލަންޖެހޭ ކަންތައްތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ތިލަފުށި / ގުޅީފަޅުގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.
  • ތަނުގައި ދިމާވާ މައްސަލަތައް ގަވާއިދުން ހިނދުން ހިނދަށް ކަމާބެހޭ ވެރިންނަށް ރިޕޯޓްކުރުން.
  • ޗީފް އިންސްޕެކްޓަރ ގެ އިރުޝާދުގެ ދަށުން ތިލަފުށި/ގުޅީފަޅުގައި އާންމުގަވައިދު ތަންފީޒް ކުރުމުގައި އެހީތެރިވުން.

 

ޝަރުތު:

  • ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

 5.        މަގާމު: އެޑްމިން އޮފިސަރ

 

ބޭނުންވާ އަދަދު: 02

މަސްއޫލިއްޔަތު:

  • އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުން.
  • އޮޕަރޭޝަންސް ޑިޕާރޓްމަންޓް ގެ އެންމެހައި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުމާއި ތިލަފުށި އޮފީހުގެ އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުން.
  • އޮޕަރޭޝަންސް ޑިޕާރޓްމެންޓް ގެ ޕޮލިސީ އަދި ޕްރޮސީޖާރސް ހެދުމުގައި އެޙީތެރިވުން.
  • އޮޕަރޭޝަންސް ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށާއި އަދި މަހުން މަހަށް ތައްޔާރުކުރަން ޖެހޭ ރިޕޯރޓްތައް ތައްޔާރު ކުރުން އަދި އެހެނިހެން ކަންކަމުގައި ތައްޔާރުކުރަންޖެހޭ ރިޕޯރޓް ތައްޔާރުކޮށް، ރިކޯރޑްސްތައް ބެލެހެއްޓުން.

ޝަރުތު:

  • ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

 6.        މަގާމު: އެސިސްޓަންޓް ކުކް

 

ބޭނުންވާ އަދަދު: 01

މަސްއޫލިއްޔަތު:

  • ގުޅީފަޅުގެ ބިދޭސީ މުވައްޒަފުންގެ ކެއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • ގުޅީފަޅު މުވައްޒަފުންގެ ބަދިގެއަށް ބޭނުންވާ އެންމެހައި ތަކެތި ދުވަހުން ދުވަހަށް ހޯދުން.
  • ގުޅީފަޅު "ސްޓާފް މެސް" ސާފްތާޙިރުކޮށް ބެލެހެއްޓުން. 

ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

 7.        މަގާމު: އޮފީސް އެސިސްޓަންޓް

 

ބޭނުންވާ އަދަދު: 01

މަސްއޫލިއްޔަތު:

  • ސިޓީއާއި ނޯޓާއި، ޗިޓާއި، އެހެނިހެން ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  • ފޮޅައި ސާފުކުރުމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ ދޫލައަޅާފައިވާ ތަންތަން ވެކިއުމް ކުރުން.
  • އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުމާއި، އޮފީހުގައި ބޭނުންކުރާ ތަކެއްޗަށް މައްސަލައެއްދިމާވެގެން އެ އެއްޗެއް މަރާމާތުކުރާ ތަނަކަށް ގެންދިޔުމަށާއި، އެތަކެތި އަނބުރާ އޮފީހަށް ގެނައުން.

 

ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން. 

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

 

    މި މަޤާމްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2019 ގެ 15:00 ގެ ކުރިން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯރމް (ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓްއިން އަދި ހެޑް އޮފީހުން ލިބެން ހުންނާނެއެވެ )
  • ސީ.ވީ.
  • ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒް ފޮޓޯއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

 

 

މަތީގައި ބަޔާން ކުރެވިފައިވާ މުވައްޒަފުން މަސައްކަތް ކުރައްވަން ޖެހޭނީ ތިލަފުށި އަދި ގުޅީފަޅުގައެވެ.

 

މިވަޒީފާތަކުގެ އެޕްލިކޭޝަން ވެލިޑިޓީއަކީ 6 މަސްދުވަހެވެ.

 

 

އެޗް.އާރް ޑިޕާރޓްމަންޓް

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، ފެކްސް: 3307514

02 ޖޫން 2019
ހޯދާ