މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގައި ވިއްކާލުން

އިޢުލާން

 

މި އޮތޯރިޓީގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގައި ވިއްކާލުން

މި އޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ މުޢައްސަސާއަކުން ބޭނުންވޭތޯ ބެލުމަށްފަހު އެއްވެސް އޮފީހަކުން ބޭނުންނުވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް ކުރި ނަންބަރު IUL)220-AS/1/2019/31) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ދެންނެވުނު ތަކެތި ނީލަންކިޔުމަށް އަލުން އިޢުލާނުކުރަމެވެ.

ވިއްކާލާ ތަކެތީގެ ތަފްސީލާއި ނީލަންފެށޭ އަގު މި އިއުލާނާއިއެކު އެޓޭޗްކޮށްފައިވާ ތާވަލުގައި ވާނެއެވެ.

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަން އުސޫލުންނެވެ، އަދި ތާވަލުގައިވާ ކޮންމެ އައިޓަމަކަށްވެސް ނީލަން ކިޔާނީ ވަކިންނެވެ.

ނީލަންކިޔުން އޮންނާނީ 11  ޖޫން 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި ހުރަވީ ބިލްޑިންގ ގްރައުންޑް ފްލޯގައެވެ.

 

ނީލަން ކިޔާ ދުވަސް

ނީލަން ފަށާ ގަޑި

ނީލަން ކިޔުން އޮންނަ ތަން

11 ޖޫން 2019

14:00

ހުރަވީ ބިލްޑިންގ ގްރައުންޑް ފްލޯ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 513-3339 އަށް ގުޅުއްވުން އެދެމެވެ.

 

23 ރަމަޟާން 1440

 

28 މޭ 2019
ހޯދާ