ދިވެހިރާއްޖެ
ނަމްބަރު:IUL)297/INDIV/2019/26)
އިޢުލާން
ނ.ވެލިދޫ އައުޓްޑޯ ޖިމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ނ.ވެލިދޫ ކައުންސިލުން ގާއިމްކުރުމަށް ނިންމާފައިވާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށްވަނީ ބޭނުންވެފައެވެ. އިކުއިޕްމަންޓުގެ ހުރިހާ ތަފުސީލު މަޢުލޫމާތު އިއުލާނާއެކުގައި އެވަނީއެވެ.
މިތަކެތި ވިއްކުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިތަކެތި ވިއްކަން އެދޭ ފަރާތްތަކުން ވެލިދޫ ކައުންސިލްގެ އިދާރާއަށް މިތަކެތި ފޯރުކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކޮށް 27 މެއި 2019ވާ ހޯމަ ދުވަހުގެ 10:30އަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
މުއްދަތު |
20% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
11 ރަމަޟާން 1440
16 މެއި 2019