މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އޮފީސް އެސިސްޓަންޓް

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

މުސާރަ:

ޖުމްލަ މުސާރަ: 7،000.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
  3. ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީސް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. މީޓިންގ ރޫމް އަދި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.
  3. ސައިކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކޮށް، ބެލެހެއްޓުން.
  4. ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި، ބައްދަލުވުން ހިނގާ ވަގުތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި ނެގުމަށް ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް އެތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި އޮފީހަށް ގަންނަންޖެހޭ ތަކެތި ގަންނަން ދިއުން.
  6. މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  4. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 22 މެއި 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

 

11 ރަމަޟާން 1440

16 މޭ 2019
ހޯދާ