ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރަސްތާނު ދެކުނުފަރާތު އިންފާރު ރޭނުން

                  މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ގަބުރަސްތާނުގެ ދެކުނުފަރާތު އިންފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.     

                  ކަމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހު 10:30 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 30 މެއި 2019 ވާ ބުރާސްފަތި ދުވަހު 10:30 ގައި މި އިދާރާއަށެވެ.

                  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް އަދި ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދަސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މޭ 2019
ހޯދާ