ގާފަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ޕީޓީއޭ ގެ ފަރާތުން ކުލާސް ރޫމްތައް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން 10 ޓީވީ ހޯދުމަށް ބޭނުންވެއްޖެ

ގާފަރު ސްކޫލް                                             

ކ.ގާފަރު                                                 ނަންބަރު: GS147-C/2019/08                                         

އިޢުލާން

ސްކޫލް ޕީޓީއޭ ގެ ފަރާތުން ކުލާސް ރޫމްތައް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން 10 ޓީވީ ހޯދުމަށް ބޭނުންވެއްޖެ

 

ބީލަން ހުށަހެޅުމުގެ ދައުވަތު

 

  1. މި ސްކޫލުންދޭ ސްޕެސިފިކޭޝަނެއްގެ 10 ޓީވީ ( ލެޑް ) މި ސްކޫލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ އަދި އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 މެއި 14 އިން 2019 މެއި 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 12:30 އަށް މި ސްކޫލަށް ދުރުވެ، ނުވަތަ 6645077 ނަންބަރ ފޯނަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
  3. މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 20 ވާ ހޯމަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 2019 މެއި 22 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
  5. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގާފަރު ސްކޫލް

ކ.ގާފަރު

ފޯން: 6640577

އީ-މެއިލް: [email protected]

 

08 ރަމަޟާން 1440

13 މޭ 2019
ހޯދާ