އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އދ. މާމިގިލީގައި ގާއިމް ކުރުން

އިޢުލާން

އދ. އަތޮޅުގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އދ. މާމިގިލީގައި ގާއިމް ކުރުން

މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އެއްގަމު ލައިސަންސް ޑްރައިވިން ޓްރެކެއް ގާއިމްކޮށްދޭނެ ފަރާތެއް  ބޭނުންވެއްޖެ އެވެ.  

މި މަސައްކަތު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ، 2019 މެއި 05 ވާ އާދީއްތަ ދުވަހުގެ 11.00 ގައި އދ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި އދ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞިތު ލިބިވަޑައި ނުގަންނަވާނެ އެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކުރައްވައި ސިޓީއަކާއެކު ބޭފުޅަކު ފޮނުއްވިދާނެ އެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

     1440 ޝަޢުބާން 25 

     30 އޭޕްރީލް 2019

                                                          (ސޮއި)       

                                                                ޢަލީ ނަޞީރު     

  އދ.އަތޮޅު ކައުންސިލްގެ ރައީސް

30 އޭޕްރިލް 2019
ހޯދާ